ޕާކިސްތާންގެ މަޝްހޫރު ބަތަލާ މާހިރާ ޚާން ދެވަނަ ފަހަރަށް ކައިވެނިކޮށްފި އެވެ.
މާހިރާގެ އާ ބައިވެރިޔަކީ ވިޔަފާވެރިއެއް ކަމަށްވާ ސަލީމް ކަރީމެވެ. އޭނަ އަކީ ޕާކިސްތާންގެ ސްޓާޓަޕެއް ކަމަށްވާ ސިމްޕައިސާގެ ސީއީއޯ އެވެ. ވަރަށް ވަރަށް ކުލަގަދަކޮށް ބޭއްވި ކައިވެނީގެ ހަފުލާގެ އެއްވެސް ވާހަކައެއް މާހިރާ ރަސްމީކޮށް ހިއްސާނުކުރި ނަމަވެސް، އެ ހަފުލާގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.
އެ ކައިވެނި ކުރިވިގެން ދިއައީ އިއްޔެ ވަގުތެއްގައިއެވެ. ހަމަ އެކަނި އާއިލާ އާއި ގާތް ރަހުމެތިންގެ މެދުގައި ކުރެވުނު މި ކައިވެނި ކުރެވިގެން ދިއައީ ވަރަށް ޝާހީ ކޮންނެވެ.
ދެވަނަ ކައިވެންޏެއް މާހިރާ ކުރާ އިރުގައި މީގެ ކުރިން އޭނާ ވަނީ ކައިވެންޏެއް ކޮށްފައިއެވެ. އަލީ އަސްކަރީ ކިޔާ މިހާކާއި ކައިވެނި ކޮށް މާހިރާ އަށް ވަނީ ފިރިހެން ކުއްޖަކުވެސް ލިބިފައިއެވެ. 2007 ވަނަ އަހަރުގައި ކުރި އެކައިވެނި ރޫޅުނީ 2015 ވަނަ އަހަރުގައިއެވެ.
ފުރަތަމަ ކައިވެނި ރޫޅުނު އިރު، ފިރިހެން ދަރިއަކު ވެސް ހުރި 38 އަހަރުގެ ބަތަލާގެ ދެވަނަ ކައިވެނި ކުރެވިގެން މިދިއައީ އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަަސްގަނޑަކަށް ފަހުގައިއެވެ.
ކޮމެންޓު ފޮނުވާ