އިންތިހާބީ ރައީސް ޑރ. މުއިއްޒަށް ޗައިނާއިން މަރުހަބާ ކިޔައިފި

އިންތިހާބީ ރައީސް ޑރ. މުއިއްޒަށް ޗައިނާއިން މަރުހަބާ ކިޔައިފި

Author
މުޙައްމަދު ޝަޒައިމް
01 އޮކްޓޯބަރ 2023 11:39
0

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ޗައިނާ ސަރުކާރުން މަރުހަބާ ކިޔައފިއެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން މުއިއްޒަށް މަރުހަބާ ވިދާޅުވީ ރާއްޖޭގައި ހުންނަވާ ސަފީރު ވާން ލިޖިންއެވެ. ސޯޝަލް މީޑިއާ އެކްސް ވާން މުއިއްޒަށް މަރުހަބާ ވިދާޅުވި އިރު އިތުރު އެއްވެސް ވާހަކައެއް ނުލިޔުއްވައެވެ. އިންތިހާބު ކާމިޔާބުކުރެއްވުމުން އަވަށްޓެރި އިންޑިއާއިން ވެސް މިއަދު ވަނީ މުއިއްޒަށް މަރުހަބާ ކިޔައިފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވާ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ވަނީ ބޮޑުތަނުން ކުރި ހޯއްދަވާ، މި އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެގޮތުން އިންތިޚާބުގެ %54.04 ވޯޓު ޑރ. މުޢިއްޒަށް ވަނީ ލިބިވަޑައިގެންފައެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގަތީ %45.96 ވޯޓެވެ.

ޕީ.ޕީ.އެމް ޕީ.އެން.ސީގެ މި ކާމިޔާބީ ފާހަގަކޮށް ޑރ. މުޢިއްޒާއި އެމަނިކުފާނުގެ ޓީމަށް އެކި ފަރާތްތަކުން އަންނަނީ ތަޙުނިޔާއާއި މުބާރިކްބާދީ ދަންނަވަމުންނެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވާފައެވެ.

ޑރ. މުޢިއްޒަށް ތަހުނިޔާ ވިދާޅުވެ ބޮޑުވަޒީރު މޯދީ ކުރެއްވި ޓުވީޓުގައި ތަހުނިޔާ އާއި ތަހުނިޔާ އިންޑިއާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ޤައުމުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް މޯދީ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ީ ީއިލްޔާސް
dhivehi rahyithun mi othee, ingilaabu zindhaabaadhu ga jehifa eve!! China ves ruheyne mi aaverikan dhanman, dhiyares noohah mihaaruves eheeves vaa khabaru libey!! Mi dhu M e ee dhirihuri faalameh!! India kulheyne siyaasee kulhithah fenumun bodah vaanuvaa saafuvaane eve!! RY gekolhu kudadhirun Modiji ah Hindhuthuva kurunees kurehvumuge salameh dhehvithan ves fenuneve!! މަރްހަބާ!!
ީ ީއިލްޔާސް
dhivehi rahyithun mi othee, ingilaabu zindhaabaadhu ga jehifa eve!! China ves ruheyne mi aaverikan dhanman, dhiyares noohah mihaaruves eheeves vaa khabaru libey!! Mi dhu M e ee dhirihuri faalameh!! India kulheyne siyaasee kulhithah fenumun bodah vaanuvaa saafuvaane eve!! RY gekolhu kudadhirun Modiji ah Hindhuthuva kurunees kurehvumuge salameh dhehvithan ves fenuneve!!