މިއަހަރުގެ ޖުލައި މަހުގައި އަލަތު ދަރިފުޅު ލިބުނު ސަނާ ހާން އާއި އޭނާގެ ފިރިމީހާ މުފްތީ އަނަސް ސައްޔިދު އެމީހުންގެ ތުއްތު ދަރިފުޅު ގޮވައިގެން އުމްރާ އަޅުކަން އަދާކުރަމުން އެބަދެއެވެ.
މި ދަތުރުގެ ފޮޓޯ އާއި ވީޑިއޯ ސަނާ ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓްކޮށްފައިވެ އެވެ. މގެ ކުރިންވެސް އުމްރާ އަޅުކަން ކޮށްފައިވާ ސަނާގެ ދެމަފިރިން ދަރިފުތާރިގު ޖަމީލު އެކުގައި އުމްރާއަށް މި ދިއައީ ފުރަތަމަ ފަހަރަށެވެ.
މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ސަނާ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އުމްރާވެފައިވެ އެވެ. ފިލްމީ ދާއިރާ އަށް ދޫކޮށްލައި، އިސްލާމީ ދިރިއުޅުމަށް ރުޖޫއަވެ، ސަނާ ކައިވެނިކުރީ 2020 ގަ އެވެ.
ކޮމެންޓު ފޮނުވާ