ބޮލީވުޑް ގެ މަޝްހޫރު ދެ ބަތަލާ އިން ކަމުގައިވާ ކަރީނާ ކަޕޫރު އާއި އާލިއާ ބަޓް އެކުގަިއ ފެނިގެންދާ އިޝްތިހާރެއް ދައްކައިލައިފިއެވެ.
ކަރީނާ އާއި އާލިއާ ފެނިގެންދަނީ ގަހަނާ ބްރޭންޑެއް ކަމަށްވާ މަލާބާރްގެ އިޝްތިހާރެއްގައި އެވެ. މިއިޝްތިހާރު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު މިއިޝްތިހާރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
އެދެމީހުން އެކުގައި ފެނިގެންދާ އިޝްތިހާރެއް ދައްކައިލި އިރުގައި މީގެ ކުރިން އެމީހުންގެ ޝޫޓިންގެ ތެރެއިން ނަގައިފައިވާ ފޮޓޯ އެއް ވެސް ވަނީ އާންމުކޮށްފައިއެވެ. އަދި އެދެމީހުން އެކުގައި ކާސްޓު ކުރުމަށް އާލިއާ ވަނީ އެދިފައިއެވެ.
ކަރީނާ އާއި އާލިއާ ކުރިން އެއް ފިލްމެއްގައި މަސައްކަތްކުރި އެވެ. އެއީ 2016 ގެ ފިލްމް "އުޅުތާ ޕަންޖާބު" އެވެ. އެކަމަކު އޭގައި އެ ދެ މީހުން އެކީގައި ފެނިފައެއް ނުވެ އެވެ.
މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ އަކީ ކަރީނާގެ ފަހަރިއެކެވެ. އޭނަގެ ފިރިމީހާ ރަންބީރް ކަޕޫރަކީ ކަރީނާއާ ދެބޭންގެ ދެދަރި އެކްޓަރެކެވެ.
ކޮމެންޓު ފޮނުވާ