ރިޔާސީ އިންތިޚާބުގެ ވޯޓާއި ގުޅިގެން މާލެއާއި ރައްޖޭޭގެ ބައެއް ރަށްތަކުގައި ހިނގާ އެކި ހަމަނުޖެހުންތަކުގައި ޕީޕީއެމް/ޕީއެންސީގެ އެއްވެސް މެމްބަރެއްގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ދެވަނަ ބުރުގެ ވޯޓުލުން މިއަދު ރާއްޖޭގައި ކުރިއަށްދާއިރު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިންގަމުންދާތަން ދަނީ ފެންނަމުންނެވެ. އެގޮތުން އެމްޑީޕީގެެ ދެމެމްބަރަކަށް ހަމަލާދީ ވަނީ މާރާމާރީ ހިންގާފައެވެ. މިކަންކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް ފަރާތްތަކުން ދަނީ މިއީ ޕީޕީއެމް/ޕީއެންސީގެ ބައިވެރިވުމެއް އޮވެގެން ކުރާ ކަމެއް ކަމަށް ބުނެފައެވެ.
މިވާހަތަކާއި ގުޅިގެން ޑރ. މުއިއްޒުުގެ ތަރުޖަމާން ތޮލާލް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ އެއްވެސް މެމްބަރެއްވެސް އަދި ސަޕޯޓަރެއްވެސް ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގާކަށް ފުރުސަތު ނުދޭނެކަމަށެވެ. އަދި އެފަދަ ކަމެއްގައި އެކޯލިޝަންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށް ތޮލާލް ވިދާޅުވިއެވެ.
މިއަދު މާލެ އާއި އެހެނިހެން ބައެއް ރަށްރަށުގަ ހިންގަމުން ގެންދާ ހަމަނުޖެހުންތަކާއި މާރާމާރީތަކުގައި ޕިޕީއެމް ޕީއެންސީ މެންބަރުންނާއި ސަޕޯޓަރުންގެ ބައިވެރިވުން އޮތް ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަ ދޮގުކުރަން. އަދި އެފަދަ އެއްވެސް ކަމެއްގައި ޕީޕީއެމް ޕީއެންސީ ގެ މެންބަރުންނާއި ސަޕޯޓަރުން ބައިވެރި ނުވާކަމުގެ ޔަޤީންކަން އަރުވަން. މީގެ އިތުރުން އެފަދަ އެއްވެސް ހަމަނުޖެހުމެއްގައި ބައިވެރިނުވުމަށް ތަކުރާރުކޮށް މިއަންނަނީ ނަސޭހަތްތެރިވަމުން.
– ތޮލާލް ވިދާޅުވިއެވެ.
ޖިނާއީ ކުށްތަކަށް އަރާގަންނަ ގުރޫޕުތަކުގެ ހަރަކާތްތައް މާލެތެރޭގައި މިއަދު އިތުރުވަމުންދާތީ، ސަލާމާތީ ކަންކަން ފުލުހުން އިތުރަށް ވަރުގަދަކޮށްފައެވެ. ފުލުހުން ވިދާޅުވީ، ޖިނާއީ ކުށްތަކަށް އަރާގަންނަ ގުރޫޕުތަކުގެ ހަރަކާތްތައް މާލެތެރޭގައި މިއަދު އިތުރުވަމުންދާކަމަށް ފާހަގަކުރެވިފައިވާތީ، އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަމަށެވެ. އަދި އިންތިޚާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ޖިނާއީ ކުށްތަކަށް އަރާ ގަންނަ ގުރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ ބިރުދެއްކުމާއި، އިންތިޚާބާއި ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާ ދިނުން ފަދަ، މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މައްސަލަތައް ފުލުހުން ގެންދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރައްވަމުން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
2 Responses
ތިކަން އިގެޔޭ ވަރަށް
100% ގެރެންޓީ ތިޔަ ޕޕ ގޭންގުތަށްކަން