ކޯލިޝަންގެ ހުޅުގަނޑަށް ޖަހާ ތެލަކަށް ރައީސް ޔާމީންވަނީ ހަދާފަ: އަދުރޭ

ކޯލިޝަންގެ ހުޅުގަނޑަށް ޖަހާ ތެލަކަށް ރައީސް ޔާމީންވަނީ ހަދާފަ: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
08 ޑިސެމްބަރ 2020 10:15
0

މިއަދު ސަރުކާރު ކޯލިޝަންތެރޭގައި އޮތް ބައިވައި ވުމާއި، ވާދަވެރިކަމުގެ ހުޅުގަނޑަށް ޖަހާ ތެލަކަށް ރައީސް އަބްދުﷲ ޔާމީން ހައްދަވާފައިވާކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މާލެ ބަންދުގައި ތިބެ، ލ.މާވަށުގައި މިރޭ ވީޑިއޯ މެދުވެރިކޮށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދު ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލައި ލިޔަސް ފެނިގެންދަނީ ބަގުރޫޓް ވަމުންދާތަން ކަމަށެވެ. މިއަދު ޤައުމު މިހާލަތު ގޮސްފައިވަނީ މިކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި ލީޑަރުން އެންމެ އިސްކަމެއްގެ ގޮގުގައި ތަރައްޤީގެ ބާނީ ރައީސް ޔާމީން ޖަލަށް ލުމުންކަމަށެވެ. ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ދެމުންދަނީ އެމަމިކުފާނު ސަލާމަތުން ހުންނެވިނަމަ މިކަންކަން ކުރުމަށް މިބޭފުޅުންނަށް ފުރުސަތު ނުދެއްވާނެކަން އެގޭތީކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު ސިޔާސީ ފިކުރާ ވިސްނުމަސްވުރެ ޤައުމިއްޔަތުގެ ވިސްނުން އިސްކުރަންޖެހޭ. މިރާއްޖޭގެ މިނިވަން ފިކުރުގަައި ހުރި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން. ވިޔާ ނުދާ ހުރިހާ ކަމަކީ ކޯލިޝަން ލީޑަރުންނަށް މިއަދު ޤައުމާއި ރައްޔިތުންގެ ހައްގު ކަމަށް ވަނީ ވެފަ. ދައުލަތުން ލިބޭ ފައިދާއެއްގެ ބޭނުމަށް އެކަނި މިއަދު ކޯލިޝަންގައި ތިއްބެވި ލީޑަރުންތިބީ. ރައްޔިތުންނަށް ހެޔޮ އެދޭބައެއްނޫން އެއީ.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިސަރުކާރަށް ރައްޔިތުން ސަރުކާރުދީ، މަޖިލިސްދީ އަދި މިހާރު ހިންގަމުންދާ ކައުންސިލްތައް ދީފައިވާއިރުވެސް ވީ އެއްވެސް ކަމެއް ނެތްކަމަށެވެ. ފެނިގެންދަނީ ރައްޔިތުންނަށް އަނިޔާވެރިވެ ޤައުމުގެ ރައްޔިތުންނަށް ނިކަމެތިކަން ގެންނަމުންދާ މަންޒަރުކަމަށެވެ. މިއަދު ރައްޔިތުންނަށް ޤައުމުގެ ހައްގުގައި ކުރެވެން އޮތް ހަމައެކަނި މަސައްކަތަކީ ކައުންސިލް އިންތިޚާބު ބޮޑުތަނުން ޕީޕީއެމް ކޯލިޝަނަށް ކާމިޔާބް ކުރުންކަމަށެވެ.

އެންމެ އަގުހުރި މަސައްތަކީ މިނުބައި ނުލަފާ އަނިޔާވެރި ސަރުކާރު ބަލިކުރުން، ވެރިކަންދީ، މަޖިލިސްދީ، ކައުންސިލް މިހާރުވެސް އެމްޑީޕީ އަތުގައޮތީ. ރައްޔިތުންނަށް ވީ ކޮންކަމެއްތޯ. ވީއެއްވެސް ފައިދާއެއް ނެތް. އަބަދު ތަޖުރިބާ ކުރުމަކީ ބުއްދިވެރި ކަމެއްނޫން. މިއަދު ރައްޔިތުންނަށް ޤަމު ސަލާމަތް ކުރުމަށް އޮތް ހަމައެނި މަގަކީ ކައުންސިލް އިންތިޚާބް

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އިދިކޮޅު ކޯލިޝަނުން މިސަރުކާރު ބަލިކުރާނީ ބޮޑުތަނުން ކަމަށެވެ. މިކަން ދިވެހި ރައްޔިތުން މިއަދު ވަރަށް ރަނގަޅަށް ހާމަކޮށްދެއްވަމުންދާކަމަށެވެ. މާދަމާ ވޯޓު ފޮއްޓެއް ބެހެއްޓެ ކަމުގައި ވީނަމަވެސް މިސަރުކާރަށް ވޯޓުން ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.