"ޑަންކީ" އާއި "ސަލާރު" ގެ ކުރިމަތިލި ލުމެއް

"ޑަންކީ" އާއި "ސަލާރު" ގެ ކުރިމަތިލި ލުމެއް

މިއަހަރުގެ ޑިސެމްބަރު މަހުގައި ބޮލީވުޑްގެ އޭލިސްޓްގެ ދެ ތަރިންގެ ފިލްމްއެއް ރިލީޒް ކުރުމަށް އިއުލާން ކޮށްފިއެވެ. އެއީ ސްޕަސްޓާރު ޝާހުރުކް ހާންގެ ފިލްމް "ޑަންކީ" އާއިއެވެ. ސައުތުގެ މަގުބޫލު އެކްޓަރު ޕްރަބާސް ގެ "ސަލާރު"އެވެ.

ފާހަގަ ކޮށްލެވޭ ކަމަކަކީ ފިލްމް އަޅުވާ ފައިނަލް ތާރީހެއް ދެ ފިލްމް އިން ވެސް އިއުލާން ކުރި އިރުގައި މީގެ ކުރިން މި ދެފިލްމްވެސް ވަނީ ދެފަހަރެއްގެ މަތިން އަޅުވާ ދުވަސް ބަދަލުކޮށްފައިއެވެ.

ކޮންމެއަކަށް މިިއަހަރުގެ ޑިސެމްބަރު މަހުގެ ޑިސެމްބަރު 22 ގައި ދެ ފިލްމް ވެސް ރިލީޒް ކުރުމަށް މިވަނީ އިއުލާން ކޮށްފައިއެވެ. ފުރަތަމަ ތާރީހު އިއުލާން ކުރީ ޝާހު ނަމަވެސް ޕްރަބާސް ވެސް މި ވަނީ މިދުވަހުގައި ފިލްމް ރިލީޒް ކުރުމަށް ނިންމައިފައިއެވެ.

ނަމަވެސް ހިސްޓްރީ އަށް ބަލާއިރުގައި އެއްވަރުގެ ދެ އެކްޓަރެއްގެ ފިލްމް އެއް އެއްދުވަހުގައި ރިލީޒް ކޮށްފައިއެއް ނުވެއެވެ. މި ފަދައިން މުޑި އަރައިފި ނަމަ އެމީހުން އެމީހުންނާއި ވާހަކަ ދައްކައިގެން ހައްލު ހޯދަނީއެވެ. މީގެ ކުރިންވެސް މިގޮތަށް ދިމާ ވުމުން ގިނަ ފިލްމް ތަކެއް އަޅުވާ ދުވަސް ބަދަލުކޮށްފައި އެބަހުއްޓެވެ.

"ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ލިބުނު ޕްރަބާސްގެ "ސަލާރު" އަކީ ވަރަށް މަގުބޫލުވި ކަންނާޑާ ފްރެންޗައިޒް "ކޭޖީއެފް" ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް ގެނެސްދޭ އެކްޝަން ތުރިލާއެކެވެ.

އަނެއްކޮޅުން "ޑަންކީ" އަކީ "ސަންޖޫ" އާއި "ޕީކޭ" އަދި "3 އިޑިއެޓްސް" ފަދަ ކާމިޔާބު ފިލްމް ތަކެއް ގެނެސްދީފައިވާ މަޝްހޫރު ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ ގެ ވަރަށް ތަފާތު ފިލްމްއެކެވެ.

މީގެ އިތުރުން މިއަހަރު ރިލީޒް ކުރި ޝާހުގެ "ޕަޓާން" އާއި "ފައިޓާ" ވެގެން ގޮސްފައިވަނީ ގިން ރެކޯޑްތަކެއް މުގުރައިލި ކާމިޔާބު ފިލްމް ތަކަށެވެ. އެހެން ކަމުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި "ޑަންކީ" ވާނީ "ޖަވާން" އާއި "ޕަތާން" އަށް ވުރެ ވެސް ކާމިޔާބު ފިލްމަކަށެވެ.

އަނެއްކޮޅުން ޕްރަބާސްގެ އެންމެ ފަހުގެ ދެފިލްމްވެސް ވެގެން ގޮސްފައިވަނީ ނާކާމިޔާބެވެ. އެއީ މިދިއަ އަހަރުގެ "ރާދޭ ޝިޔަމް" އާއި މިއަހަރުގެ " އަދިޕުރުޝް"އެވެ. އެއާއި އެކުގައި ޕްރަބާސްގެ ސަޕޯޓަރުން ތިބީ މާޔޫސްވެފައި ވެސްމެއެވެ. އެހެންކަމުން "ސަލާރު" ކާމިޔާބު ވުމަކީ ޕްރަބާސްއަށް މި ދަނޑިވަޅިގައި ވަރަށް މުހިންމު ކަމަކަށް ވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *