އަލިޒޭގެ ފިލްމް "ފަރޭ" ނޮވެމްބަރުގައި

އަލިޒޭގެ ފިލްމް "ފަރޭ" ނޮވެމްބަރުގައި

Author
ފާތިމަތު ނާވީ
27 ސެޕްޓެމްބަރ 2023 05:21
0

ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ އަގްނިހޯތުރީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ފަރޭ" ބެލުންތެރިންނަށް ގެނެސްދޭ ތާރީހު އިއުލާން ކޮށްފިއެވެ.

ފިލްމް ގެ ޓީޒާ އާއި އެކުގައި ސޯޝަލް މީޑިއާ ގައި ސަލްމާން ވަނީ ފިލްމް ރިލީޒް ކުރާ ތާރީހު ވެސް އިއުލާން ކޮށްފައިއެވެ. ފިލްމް ގެ އެއް ޕްރޮޑިއުސަރަކީ ވެސް ހުދު ސަލްމާން ހާންއެވެ. ފިލްމް ސިނަމާތަށް އަންނަނީ ނޮވެމްބަރު މަހުގެ 24 ގަ އެވެ. މި ފިލްމަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ސޯމެންދުރަ ޕަދީ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

22 އަހަރުގެ ޒުވާން އަލީޒޭ އަކީ ސަލްމާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލްވިރާ ޚާނާއި ކުރީގެ އެކްޓަރު/މިހާރުގެ ޕްރޮޑިއުސަރު އަތުލް އަގުނިހޯތުރީގެ ދަރިއެކެވެ. މީ އަލީޒޭ ބޮލީވުޑް އަށް ތައާރަފްވާ ފިލްމްއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

"ފަރޭ" ގެ ކާސްޓްގައި ޒޭން ޝޯ، ސާހިލް މެހެތާ، ޕްރަސައްނާ ބިޝްޓްގެ އިތުރުން ރޯނިތު ރޯއި އާއި ޖޫހީ ބައްބަރް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.