އާލިއާ ގެ "ޖިގްރާ" އަންނަ އަހަރުގެ ސެޕްޓެމްބަރުގައި

އާލިއާ ގެ "ޖިގްރާ" އަންނަ އަހަރުގެ ސެޕްޓެމްބަރުގައި

Author
ފާތިމަތު ނާވީ
27 ސެޕްޓެމްބަރ 2023 10:08
0

ޑައިރެކްޓަރު ވަސަން ބާލާއާ އެކީ ބަތަލާ އާލިއާ ބަޓް މަސައްކަތްކުރަން ހަަމަޖެހިފައިވާ ފިލްމު ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފިއެވެ.

އާލިއާ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުން މި ފިލްމް މިހާރު ވަނީ އިއުލާން ކޮށްފައިއެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 27 ގަ އެވެ.

"ޖިގްރާ"ގެ ނަންދީފައިވާ މި ފިލްމަކީ އޭނާގެ އަމިއްލަ އެޓާނަލް ސަންޝައިން ޕްރޮޑަކްޝަނުންނާއި އޭނަގެ އެންމެ ފަހުގެ ފިލްމު، "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ގުޅިގެން ގެެނެސްދޭ ފިލްމްއެކެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

2021 ގައި އާލިއާ ލޯންޗްކުރި ފިލްމު ކުންފުނީގެ ފުރަތަމަ ގެނެސްދިން ފިލްމަކީ އާލިއާ ބަތަލާގެ ރޯލު ކުޅެ، މިދިޔަ އަހަރު ގެނެސްދިން "ޑާލިންސް" އެވެ. ޖަސްމީތު ކޭ ރީން ޑައިރެކްޓްކުރި އެ ފިލްމު ހެދީ ޝާހްރުކް ޚާންގެ ރެޑް ޗިލީސް އެންޓައިންމަންޓާ ގުޅިގެންނެވެ. "ޖިގްރާ" އަަކީ އާލިއާ ޕްރޮޑިއުސްކޮށް، ކުޅޭ ދެވަނަ ފިލްމެވެ.

މި ފިލްމްގެ އިތުރު ކާސްޓާއި ގުޅޭ ގޮތުން މިހާތަނަށް އަދި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިއެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.