ޚިޔާލް ތަފާތުވުން އެއްކައިރިކޮށް، މުސްތަގުބަލު ބިނާކުރުމަށް މުއިޒު ހިޔާރު ކުރައްވާ: ސެމްބެ

ޚިޔާލް ތަފާތުވުން އެއްކައިރިކޮށް، މުސްތަގުބަލު ބިނާކުރުމަށް މުއިޒު ހިޔާރު ކުރައްވާ: ސެމްބެ

އަންނަ ހޮނިހިރު ދުވަހު ވޯޓު ދެއްވާއިރު ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ސިޔާސީ ވިސްނުމާއި، ޚިޔާލް ތަފާތުވުންތައް އެއްކައިރިކޮށް މުސްތަގުބަލު ބިނާކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދެއްވުމަށް އެމަނިކުފާނުގެ ރަނިންމޭޓް ހުސެއިން މުހައްމަދު އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ކ.ހުރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ސެމްބެ ވިދާޅުވީ ހޮނިހިރު ދުވަހުގެ ވޯޓާއި ދޭތެރޭ އޮތީ ވަރަށް މަދު ދުވަސްތަކެއްކަަމެވެ. މިއޮތް ތިން ހަތަރު ދުވަހުގެ ތެރޭގައި ހުރިހާ ބޭފުޅުންވެސް އަޒުމަކަށް ހަދަންވީ ސިޔާސީ ޚިޔާލް ތަފާތުވުން އެއްކަރިކޮށް ޤައުމު މުސްތަގުބަލު އުޖާލާ ކުރުމަށް ކަމަށެވެ.

އިންތިޚާބުހގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ޑރ. މުއިއްޒަކީ ހުރިހާ ގޮތަކުންވެސް ކަމަށް ގާބިލް ހަރުދަނާ އަދި ޤައުމު ހިންގުމުގެ ހަރުދަނާކަން ހުރި ބޭފުޅަކަށްވާއިރު މުސްތަގުބަލު ކަނޑައެޅުމުގައި މުއިއްޒު ހިޔާރު ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ހާލަތު ބަދަލު ވުމަށް ކަމަށާއި، މިހާރުވެސް ހުރި މީހާޔާއިއެކު ކުރިއަށް ގޮސްގެން ހާލަތު އޮންނާނީ ހަމަ ހުރި ހިސާބުގައި ކަމަށް ސެމްބެ ވިދާޅުވިއެވެ.

މިކަން ބަދަލުކޮށް ހެޔޮ ރަނގަޅު މިސްރާބަކަށް ޤައުމު ގެނެދްވޭނީ އެމްޑީޕީގެ މެމްބަރުންގެވެސް އެއްބާރުލުން ލިބިގެން ކަމަށާއި މިއިންތިޚާބުގައި އެމްޑީޕީގެ ޢާންމު މެމްބަރުންވެސް ޤައުމީ މަސްލަހަތު އިސްކޮށް ޑރ. މުއިއްޒަށް ވޯޓު ދެއްވުމަކީ ޤައުމަށާއި، ތިމާގެ ހާލަތަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމެއްކަމަށް ސެމްބެ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ދަރިފުޅާ ޚިޔާލު އެކަނި ތަފާތުވީއަކީ ނޫނޭ ކުރީގައި ތިބޭފުޅުން ހިންގެވި ،ވެރިކަމުގައި،ފެނިފައި ހުރި ނާމާން އަނިޔާވެރި، ބިރުވެރި ކަންތަށް އިހުސާސް ކުރެވޭތީ ،އަހަރެމެން މިތިބީ ނަފުސާނީ ވެފައި،ޚާއްސަކޮއް ތި ބޭފުޅާއަކީ މަޝްރޫރުމަސްއޮޑި ގޭންގުގެ ޗެޔާޕާސަނަށް ވެފައި ހުވަދޫ އަތޮޅުގައި،މަސްތުވާތަކެތީގެ ވިޔަފާރީގެ އިސް ބާނީއަކީ ތިބޭފުޅާ ކަމަށް ވާތީ މުޢިއްޒުއަށް ވޯޓުދޭން ބިރުގަންނަނީ!

Leave a Reply

Your email address will not be published. Required fields are marked *