"ބިގް ބޮސް 17″ އޮކްޓޯބަރު 15 ގައި

"ބިގް ބޮސް 17″ އޮކްޓޯބަރު 15 ގައި

Author
ފާތިމަތު ނާވީ
24 ސެޕްޓެމްބަރ 2023 10:34
0

ބެލުންތެރިންގެ މެދުގައި މަޝްހޫރު ރިއަލިޓީ ޓީވީ ޝޯވ "ބިގް ބޮސް" ގެ 17 ވަނަ ސީޒަން އަންނަ މަހުގެ 15 ގައި ޕްރީމިއާކުރަން ނިންމައިފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ހޯސްޓްކުރާ ކަލާސް ޓީވީގެ ރިލިއަލިޓީ ޝޯ "ބިގް ބޮސް" ގެ ޕްރޮމޯ ތަކެއް ދައްކަމުން އަންނަތާ މިހާރު ވަނި ދުވަސްކޮޅެއވެސްް ވެފައިއެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

ކަލާޒް ޓީވީގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުން މީގެ ޕްރޮމޯ ދައްކަމުން އަންނަ އިރުގައި މި ފަހަރު ހާއްސަކޮށްފައި ކައިވެނިކޮށްގެން އުޅޭ ސެލެބްރިޓީންނަށާއި ކައިވެނި ރޫޅިފައިވާ ސެލެބްރިޓީންނަށެވެ. އެހެންވެ މި ފަހަރުގެ ސީޒަން ވާނީ ތަފާތު ރަހައެއްގެ ޝޯއަކަށެވެ.

"ބިގް ބޮސް 17″ ފަށާ ތާރީހު އިއުލާންކުރި ނަމަވެސް މި ފަހަރުގެ ސީޒަންގައި ވާދަކުރާ ސެލެބްރިޓީންނަކީ ކޮބައި ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު ޝޯ އިން ފެންނާނެ ކަމަށް ބެލެވޭ އެކިއެކި ތަރިންގެ ވާހަކަތައް މީޑިއާތަކުގައި އަންނަނީ ދެކެވެމުންނެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

ކަލާޒް އިން ގެނެސްދިން  "ބިގް ބޮސް 16″ ކާމިޔާބުކުރީ މަޝްހޫރު ރެޕާ އެމްސީ ސްޓޭން އެވެ. މިފަހަރުގެ ސީޒަން އަކީ ސަލްމާން ހޯސްޓްކުރާ 14 ވަނަ ސީޒަން އެވެ. ސަލްމާންގެ އިތުރުން ބިގްބޮސް ހޯސްޓްކޮށްފައިވަނީ އަމީތާބް ބައްޗަން، ޝިލްޕާ ޝެޓީ އަދި އަރުޝަދު ވާސީ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.