"ޖުގްޖުގް ޖިއޯ" ގެ ސީކުއެލްއެއް ހަދަނީ

"ޖުގްޖުގް ޖިއޯ" ގެ ސީކުއެލްއެއް ހަދަނީ

Author
ފާތިމަތު ނާވީ
24 ސެޕްޓެމްބަރ 2023 08:44
0

ލީޑު ރޯލުން ވަރުން ދަވަން، ކިއާރާ އަދްވާނީ، އަނިލް ކަޕޫރު އަދި ނީތޫ ކަޕޫރު ފެނިގެންދާ ފިލްމް "ޖުގްޖުގް ޖިއޯ" ގެ ސީކުއެލްއެއް ހަދާނެކަމުގެ ޔަޤީންކަން އެ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް ދީފިއެވެ.

އިންސްޓަގްރާމް ސްޓޯރީއެއްގައި ކަރަން ބުނީ ފިލްމެއްގެ ދެވަނަ ބައެއް ހަދާ ނަމަ އެ ފިލްމަކީ އަމިއްލަ ފިލްމު ކުންފުނި، ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ އަހަރު ގެނެސްދިން ފެމިލީ ކޮމެޑީ ޑްރާމާ "ޖުގް ޖުގް ޖިއޯ" ކަމަށެވެ.

ރާޖް މެހެތާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ވަރަށް އަސަރު ގަދަ  އަދި އެހާމެ ހެއްވާ މަޖާ ފިލްމަކަށް ވާނެއެވެ. މީގެ މައިގަނޑު ޕްލޮޓަކީ ވަރީގެ ސަބަބުން އާއިލާއަކަށް ދިމާވާ ކަންތައްތަކެވެ.

މި ފިލްމަކީ ރިޝީ ކަޕޫރުގެ މަރަށް ފަހު ނީތޫ ފެނިގެންދިއަ ފުރަތަމަ ފިލްމް ވެސްމެއެވެ. ފިލްމުގައި އޭނާ ފެނިގެންދާނީ އަނިލްގެ އަނބިމީހާގެ ރޯލުންނެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މަޝްހޫރު ހޯސްޓް މަނީޝް ޕޯލް އާއި ޕްރަޖަކްތާ ކޯލީ ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.