ބޮލީވުޑްގެ ނޫސްތަކުގެ އެންމެ ކުރިން ޖާގަ ހޯދަމުން އަންނަ އެއް ހަބަރަކީ ބަތަލާ ޕަރިނީތީ ޗޯޕްރާ ގެ ކައިވެނީގެ ހަބަރެއެވެ. ޒުވާން ބަތަލާގެ ކައިވެނި ބޯ މަތި ވެފައިވާއިރުގައި މި ކައިވެނި ކުރިވިގެން ދާނީ އުދޭޕޫރުގެ ގަނޑުވަރެއްގައިއެވެ.
މި ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތަށް މިހާރު ކުރިއަށް ދާއިރުގައި ކައިވެނީއަށް ދައުވަތު ދީފައިވާ މީހުން މިހާރު އަންނަނީ ކަިއވެނި އޮންނަ ގަނޑުވަރަށް ހާޒިރު ވަމުންނެވެ. އެގޮތުން އިއްޔެ އާއި މިއަދުވެސް ގިން އަދަދެއްގެ ބަޔަކު ވަނީ ހާޒިރުވެފައއެވެ.
ދެފަރާތުގެ އާއިލާ އާއި ގާތް ރަހުމަތެރިންނާއި މިހާރު ވަނީ އުދައިޕޫރަށް ގޮސްފައިއެވެ. އަދި އެމީހުުން އެއާޕޯޓް އިން ނުކުންނަނިކޮން ނަގައިފާއިވާ ވީޑިއޯ އާއި ފޮޓޯ ތަށް ވަނީ ވައިރަލް ވެފައިއެވެ.
ވަރަށްކުލަގަދަކޮން ބާއްވާ މި ކައިވެނީގެ ހަފްލާ އޮންނީ މިމަހުގެ 25 ގައި ކަމަށް މައުލޫމާތު ލިބެއެވެ. ކައިވެންޏަށް ތަންޒީނަތް ކޮށް އެންމެ ފަުގެ ތައްޔާރީތަށް މިހާރު ވަނީ ކޮށްފައިއެވެ.
ބޮލީވުޑްގެ ތަރި، ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިޔާ، އިންޑިއާގެ އާމް އާދުމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރެއް ކަމަށްވާ ރަގަވް ޗާއްޑާ މި މަހުގައި ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވަރަށް ކުލަގަދަކޮން ކަމަށް ރިޕޯޓްތަށް ބުނެއެވެ.
މީޑިއާތަކުން ބުނީ ކައިވެނީގެ ހަފުލާ ބާއްވާނީ ރާޖަސްތާންގެ ގަނޑުވަރެއްގައި ކަމަށެވެ. ޕަރިތީނީއާ ދެބޭންގެ ދެދަރި މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނީގެ ހަފުލާ ވެސް 2018 ގައި ބޭއްވީ ރާޖަސްތާންގެ ގަނޑުވަރެއްގަ އެވެ.
ޕަރިނީތީ، 34، އާ އެކީ ލަންޑަނުގައި ކިޔެވި ރާގަވް، 34، އަކީ އިންޑިއާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ މެމްބަރެއެއްގެ އިތުރުން އިތުރުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއަ ސަބާގެ މެމްބަރެއް ވެސް މެ އެވެ.
ކޮމެންޓު ފޮނުވާ