ހިތާދޫގައި ސްލޯ ސްޕީޑުގައި ކުރެވޭ މަސައްކަތްތަކުގެ ސްޕީޑު ބާރުކޮށް، ބިން ހިއްކަދޭނަން: މުއިއްޒު

ހިތާދޫގައި ސްލޯ ސްޕީޑުގައި ކުރެވޭ މަސައްކަތްތަކުގެ ސްޕީޑު ބާރުކޮށް، ބިން ހިއްކަދޭނަން: މުއިއްޒު

ބ. ހިތާދޫގައި މިސަރުކާރުންނ ފެށި މަޝްރޫޢުތަކުގެ ތެރެއިން ސްލޯ ސްޕީޑުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ސްޕީޑު ބާރުކޮށް، އެމަސައްކަތްތައް ނިންމައި، ރަށުގެ ބިން ހިއްކަ ދޭނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި ހިތާދޫއަށް ވަޑައިގެން މުއިއްޒު ވަނީ އެރަށުގެ ރައްޔިތުން ފުރަތަމަ ބުރުގައި ދެއްވި ތާއީދަށް ޝުކުރު ދަންނަވާފައެވެ. މުއިއްޒު ވިދާޅުވީ ހިތާދޫގައިވެސް ކޮންމެވެސް ވަރަކަށް ކަންތައްތަކެއް ކޮށްދެވޭތޯ މިސަރުކާރުން މަސައްކަތް ކޮށްފައިވާކަމުގެ މައޫލޫމާތު ލިބިފައިވާކަމަށެވެ. އެގޮތުން ފެނާއި، ނަރުދަމާގެ މަސައްކަތާއި، ބަނދަރުގެ މަސައްކަތް ފެށިފައި ވީނަމަވެސް ކުރިއަށްދަނީ ވަރަށް ސްލޯ ސްޕީޑުގައި ކަމަށެވެ.

ހިތާދޫ ރައްޔިތުން އެދޭފަދައިން އެރަށުގެ ތަރައްޤީގެ ސްޕީޑު ބާރުކޮށް، މިހާރު ފެށި ނުނިމި ހުރި ހުރިހާ މަސައްކަތްތަކެއް ނިންމައި ރައްޔިތުން އެދޭފަދަ މުހިންމު ތަރައްޤީގެ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ އެރަށު ރައްޔުންނަށް ދެއްވާފައެވެ.

ހިތާދޫ ރައްޔިތުންނަށް މުއިއްޒު ވެވަޑައިގެންވި ވައުދުތައް:

– ސިއްޚީ މަރުކަޒު އަޕްގްރޭޑް ކޮށްދޭނަން
– ސްކޫލުގެ ޖާގަ އިތުރުކޮށް އަޕްގްރޭޑް ކޮށްދޭނަން
– ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ގާއިމް ކޮށްދޭނަން
– ވޮލީކޯޓެއް ހަދާ ދޭނަން
– ރަށުގެ ފަޅުތެރެއިން ޖާގަ އޮތް އެންމެ ބޮޑަކަށް ހިއްކަ ދޭނަން

މުއިއްޒު ވަނީ ކުރިއަށް އޮތް 7 ދުވަހުގައި ދިވެހި ހުރިހާ ރައްޔިތުން އެކަތި ގަނޑަކަށް ވެވަޑައިގެން ޤައުމީ މަސްލަހަތު އިސްކޮށް މިވެރިކަން ބަދަލު ކުރުމަށް ހުރިހާ ރައްޔިތުން އަތުކުރި އޮޅާލުމަށް އިލްތިމާސް ކުރައްވާފައެވެ. ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލު ހިފެހެއްޓޭނީ މިވެރިކަން ބަދަލުކޮށް ދިވެހިން އެދޭ ދިވެހި ރާއްޖެ ހާސިލްވެގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެމަޤަށް ހުރިހާ ދިވެހި ރައްޔިތުން މަސައްކަތް ކޮށްދެއްވުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *