މިދިއަ އަހަރު އުޅުނީ ވަރަށް ބަލިވެ: ކަންގަނާ

މިދިއަ އަހަރު އުޅުނީ ވަރަށް ބަލިވެ: ކަންގަނާ

Author
ފާތިމަތު ނާވީ
22 ސެޕްޓެމްބަރ 2023 09:22
0

ފާއިތުވި އަހަރަކީ ވަރަށް ވެސް ގިން ބަލިތަކެއްގެ ޝިކާރަ އަށް އޭނާ ވި އަހަރެއް ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފިއެވެ.

ހުނަރުވެރި ބަތަލާ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ބުނީ މިދިއަ އަހަރަކީ އޭނާ ގެ ސިއްހީ ހާލަތު ވަރަށް ދަށް އަހަރެއް ކަމަށެވެ. އަދި ގިން ބަލިތަކެއް އޭނާ ތަހަންމަލު ކުރި އަހަރެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެގޮތުން ޑެންގޫއާއި ކޮވިޑް ޑެލްޓާއާއި ކޮވިޑް އޮމިކްރޯންގެ އިތުރުން ވެސް ސްވައިން ފްލޫ ފަދަ ބަލިތަކަށް މިދިޔަ އަހަރު ފަރުވާ ހޯދާފައިވާ ކަމަށް ކަންގަނާ ވަނީ ބުނެފައިއެވެ. ނަމަވެސް ކިތަންމެ ބަލިވި ނަމަވެސް އޭނާ ގެ އަޒުމަށް ގުޑުން ނުގެނެވޭނެ ކަމަށް ބުނެފައިއެވެ. އަދި މުހިއްމު ކަމަކީ ފަސްނުޖެހި ކުރިއަށް ދިއުން ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

ކަންގަނާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ އަވަހަށް ފެންނާނީ އޮޓޯބައިގްރަފީ ފިލްމު "ތޭޖަސް" އިންނާއި "ޗަންދްރަމުކީ 2″ އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.