"ސްޓާޑަމް" ނިމެނީ

"ސްޓާޑަމް" ނިމެނީ

Author
ފާތިމަތު ނާވީ
22 ސެޕްޓެމްބަރ 2023 01:44
0

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކުރާ ވެބް ސީރީޒް "ސްޓާޑަމް" ގެ ޝޫޓިން ނިމުމަކާ ގާތްވެފައިވާކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

ބޮލީވުޑްގެ ނަން ހިނގާ މަޝްހޫރު ތަރިންތަކެއް ވެސް ފެނިގެން ދާ މިސީރީޒް ގެ ޝޫޓިން މިހާރު ގާތްގަޑަކަށް ނިމިފައިވާ ކަމަށް ހަބަރުތަށް ބުނެއެވެ. މި ސީރީޒްއިން އާރިޔާން ގެ ބައްޕަ ޝާހުރުކް، ރަންބީރު ސިންގް އަދި ރަންވީރު ސިންގް ފަދަ ފަންނާނުން ފެންނާނެ ކަމަށް ވެއެވެ.

ފިލްމު އިންޑަސްޓްރީގެ ވާހަކަތަކެއް ކިޔައިދޭނެ 6 އެޕިސޯޑްގެ މި ސީރީޒްގެ ފަހު ޝޫޓިން ޝެޑިއުލް ވަރަށް އަވަހަށް މުމްބާއީގެ ނަރިމަން ޕޮއިންޓްގައި ކުރިއަށް ގެންދާނެ ކަމަށް ވެއެވެ.

 

View this post on Instagram

 

A post shared by Aryan Khan (@___aryan___)

"ސްޓާޑަމް" ގެ ޝޫޓިން ފެށީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މިއަށް ތައްޔާރުވިކަން އަރިއަން، 25، އިންސްޓަގްރާމްގައި ހިއްސާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުހެ ކުރީކޮޅު އެވެ. ނަމަވެސް މިހާތަނަށް މި ސީރީޒާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ނަން ފިޔަވާ މި ވެބް ސީރީޒް އާއި ގުޅޭ އެއްވެސް މައުލުމާތެއް ހާމަކޮށްފައި އެއް ނުވެއެވެ. އަދި މި ސީރީޒް އިން ފެނިގެންދާނެ ތަރިން ނަކީ ކޮބައި ކަމެއް ވެސް މިހާތަނަށް ހާމަކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Gauri Khan (@gaurikhan)

އާރިޔާންގެ ވެބް ސީރީޒް ގެ ޝޫޓިން ނިމޭ އިރުގައި މީގެ ޕްރޮޑިއުސަރަކީ އޭނާގެ ބައްޕައެވެ. ޝާހުގެ ރެޑް ޗިލީ އެންޓަޓައިންމެންޓެވެ. ވެބް ސީރީޒް ޕްރިމިއާ ކުރާ ތާރީހެއް އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.