ޓީވީ ބަތަލާ ދިޝާ ޕަރްމަރް އާއި ލަވަކިޔުންތެރިޔާ ރާހުލް ވައިދިއާ އަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.
ޑިޝާ ވިހެއީ އިއްޔެ އެވެ. އެ ވާހަކަ ރާހުލް ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނީ ލިބުނީ އަންހެން ކުއްޖެއް ކަމަށާއި ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އެއާއި އެކުގައި ގިނަ ބަޔަކު ވަނީ އެމީހުންނަށް ތަހުނިޔާ ކިޔައިފައިއެވެ.
އެމީހުނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކުރީ މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. މީ އެދެމީހުން ގެ ވެސް އަލަތު ދަރިފުޅެވެ.
ދިޝާ އެންމެ ފަހުން ފެނިގެން ދިއައީ ނަކޫލް މެހެތާއާ އެކު "ބަޑޭ އަޗޭ ލަގްތޭ ހޭ 3″ އިންނެވެ. "ބަޑޭ އައްޗޭ ލަގްތޭ ހޭ 3″ 25 މެއި 2023 ގައި ޕްރިމިއާކޮށްފައި ވާއިރުގައި އޮފް އެއާ ކުރަން ފެށީ އޮގަސްޓް 11، 2023 ގަ އެވެ.
ކޮމެންޓު ފޮނުވާ