އަނގޮޅިތީމުން ގިނަ އަދަދެއްގެ ބަޔަކު މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއަށް!

އަނގޮޅިތީމުން ގިނަ އަދަދެއްގެ ބަޔަކު މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
21 ސެޕްޓެމްބަރ 2023 11:05
0

ރ. އަނގޮޅިތީމުގެ ގިނަ އަދަދެއްގެ ބަޔަކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅިއްޖެއެވެ.

ދެވަނަ ބުރުގެ ކެމްޕޭންގައި ޑރ. މުއިއްޒު އަނގޮޅިތީމަށް ވަޑައި ގެންނެވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. އެރަށުން ސޮއިކުރި މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. އޭގެ ތެރޭގައި މީގެ ކުރިން އެމްޑީޕީގައި ހަރަކާތްތެރިވި ބޭފުޅުންވެސް ހިމެނެއެވެ.

މިމީހުންގެ ފޯމު ތަކާއި ހަވާލުވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއާއި، ޕީއެންސީގެ ރައީސް އަބްދުއްރަހީމެވެ. މުއިއްޒުއަށް މަރުހަބާ ކިޔުމަށް އެރަށުގެ ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުންވެސް ވަނީ ނިކުމެ ޖަލްސާގައިވެސް ބައިވެރި ވެފައެވެ.

މުއިއްޒު ވިދާޅުވީ ގިނަ އަދަދެއްގެ ޒުވާނުން ގުޅުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ޒުވާނުން މިސަރުކާރު ބަދަލު ކުރުމަށް ބޭނުންވާ ވަރާއި، ޒުވާނުން ބަކީވެފައިވާ މިންވަރު މިކަމުން ހާމަވާކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވަނީ މިކަން ބަދަލުކޮށް ޒުވާނުން ބާރުވެރި ކުރުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޮޑުއަލީ
ތީ ކުރިންވެސް ޕީޕީ މީހުން. ޕީޕީއެމު ލީޑަރަކީ ވަގެއް.