ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓްގެ ގޮތުގައި ސަރުކާރުން ކަނޑައެޅި އަދަދު ބޮޑު ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބޭތީ އެ އަގު ކުޑަކޮށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ގަލޮޅު ކަންމަތީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވިނަރެސްއަށް ކުރިމަތިލައިގެން ފްލެޓް ލިބިފައިވާ ފަރާތްތަކުން ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑު ވާހަކައިގެ ޝަކުވާ އެމަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެއަށް ލަސްތަކެއް ނުވެ ބަދަލުތަކެއް ގެނެސް ޑައުންޕޭމަންޑް ކުޑަކޮށް ކުއްޔަށް ގެނެވެން އޮތް ރަނގަޅު ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އެއަށް ލަސްތަކެއް ނުވެ ބަދަލުތަކެއް ގެނެސް ޑައުންޕޭމަންޓް ކުޑަކޮށް ކުއްޔަށް ގެނެވޭނެ ހެޔޮ ބަދަލެއް ގެނެސްދޭނަން، އެކަން ވެސް އަޅުގަނޑުމެން އިއުލާން ކުރާނަން.
– ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޕީއެލްއިން އަޅާފައި ދޫކުރާ ފްލެޓްތަކުގެ އަގުބޮޑުވެގެން މުވައްޒަފުން އެމަނިކުފާނާ ބައްދަލުކުރެއްވި ކަމަށެވެ. އެ ފްލެޓްތަކުގެ ވެސް އަގު ކުޑަކޮށް ޑައުންޕޭމަންޓަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ ހައުސިން ސްކީމްގެ ތެރެއިން ވައުދުވެފައި ހުރި އެހެން ކަންތައްތަކެއް އެބަހުރި ކަމަށެވެ. ކަސްޓަމްސްގައި މަސައްކަތްކުރާ މީހުންނަށް ފްލެޓް ދިނުމާއި ޔުނިވާސިޓީގައި މަސައްކަތްކުރާ ފަރާތްތަކަށް ފްލެޓް ދިނުމާއި ކަރެކްޝަންސްގައި މަސައްކަތްކުރާ ފަރާތްތަކަށް ފްލެޓްދިނުމަށް ވައުދުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ވަނީ ކަސްޓަމްސްގައި މަސައްކަތްކުރާ މީހުންނަށް ވީ ވައުދުތައް ފުއްދުމަށްޓަކައި ފްލެޓްތަކުގެ ލިސްޓް ހަވާލުކޮށްފައި، އިދާރަކުރެވިއްޔާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޔުނިވާސިޓީއާ ކަރެންޝަންސްގައި މަސައްކަތްކުރާ ފަރަތްކަކަށް ފްލެޓް ލިސްޓު ހަވާލުކުރާނަން.
– ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ