ބޮލީވުޑްގެ އެފަދަ ދެވަނައެއް ނެއް މަޝްހޫރު ކޮރިއޮގްރާފަރު ކަމަށްވާ ސަރޯޖް ހާންގެ ބަޔޮޕިކް ފިލްމުގައި އޭނާގެ ރޯލު ކުޅެން މާދުރީ ދިކްޝިތަށް ފުރުސަތު ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ސަރޯޖްގެ ރޯލު ކުޅެން މާދުރީ މިހާރު ވަނީ އެއްބަސްވެފަ އެވެ. ސަރޯޖް ވަނީ މީގެ ތިން އަހަރު ކުރިން މަރުވެފަ އެވެ. ފާހަގަ ކޮށްލެވޭ ކަމަކީ ސަރޯޖް އާއި އެކުގައި މަދޫރީ ވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފައިއެވެ.
މާދުރީ އަކީ ސަރޯޖްގެ ދަރިވަރެއް ވެސް މެ އެވެ. މާދުރީގެ އައިކޮނިކް އެތައް ލަވައެއްގެ ކޮރިއޮގްރާފީ ހަދާފައި ވަނީ ސަރޯޖެވެ. އެމީހުން އެކުގައި ގިނަ މަސައްކަތްތަކެއް ކުރި އެވެ. އަދި ބައެއް އިންޓަވިއުތަކުގައި ސަރޯޖް ބުނެފައިވާ ގޮތުގައި، މާދުރީ އަކީ އޭނާގެ ފޭވަރިޓް ދަރިވަރެވެ.
އޭގެތެރޭގައި މަދޫރީގެ އައިކޮނިކް ބައެއް ލަވަތަކުގެ ނެށުން ހަދާފައި ވަނީ ސަރޯޖެވެ. އެގޮތުން "ތޭޒާބު" ގެ "އޭކް ދޯ ތީން" އާއި ފިލްމު "ބޭޓާ" ގެ "ދަކް ދަކް" އާއި ފިލްމު "ތަނޭދާރު" ގެ "ތައްމާ ތައްމަ ލޯގޭ" އަދި ފިލްމު "ދޭވްދާސް" ގެ "ޑޯލަރޭ" ހިމެނެ އެވެ.
މިދިޔަ އަހަރުގެ ޖުލައި 3 ގައި މަރުވުމުގެ ކުރިން ސަރޯޖް އެންމެ ފަހުން ކޮރިއޯ ހެދީ ވެސް މަދޫރީގެ ލަވައެކެވެ. އެއީ 2019 ގެ ފިލްމު "ކަލަންކް" ގެ "ތަބާ ހޯ ގަޔޭ" އެވެ.
ހިންދީ ފިލްމުތަކުގެ 2،000 އަށް ވުރެ ގިނަ ލަވައިގެ ކޮރިއޮގްރާފީ ހަދައިގެން ސަރޯޖަކީ ތިން ގައުމީ އެވޯޑް ވެސް ހޯދާފައިވާ ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު އެއް އަންހެން ކޮރިއޮގްރާފަރުންގެ ތެރެއިން އެކަކެވެ.