"އިންޑިއަން އައިޑޮލް 14″ އަންނަ މަހު

"އިންޑިއަން އައިޑޮލް 14″ އަންނަ މަހު

Author
ފާތިމަތު ނާވީ
20 ސެޕްޓެމްބަރ 2023 10:27
0

ސޮނީ ޓީވީ ގެ ރިއަލިޓޜީ ޝޯވ "އިންޑިއަން އައިޑޮލް" ސީޒަން 14 އަންނަ މަހުގެ 7 ގައި ފަށާ ގޮތަށް ނިންމައިފި އެވެ.

ސިނީ ޓިވީން އަންނަނީ މިހާރު މި ޝޯވ ގެ ބައެއް ޕްރޮމޯތަސް ވެސް ދައްކަމުންނެވެ. މި ޝޯވގެ އޮޑިޝަން ތަށް އިންޑިއާގެ އެކި ސިޓީތަކުގައި ކުރިއަށް ގެންދާނެއެވެ. ޝޯގައި ވާދަކުރާނެ ބައިވެރިން ހޮވާނީ އޮޑިޝަންގެ އެކި މަރުހަލާތަކުގަ އެވެ.

"އިންޑިއަން އައިޑޮލް" ގެ މި ފަހަރުގެ ޖަޖުންގެ ތެރޭގައި ޝްރެޔާ ގޯޝަލް އާއި މި ފަހުން މި ޝޯގެ އެންމެ އާންމު އެއް ޖަޖް ކަމަށްވާ ވިޝާލް ދަދުލާނީ އާއި މުޅިން އަލަށް މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ސާނޫ ބައިވެރިވެ އެވެ. މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ ކުމާރު ސާނޫ އަކީ 90 ގެ ތެރޭގައި ހިންދީ ސިނަމާގައި އެންމެ ވިދި އެއް އަޑުގެ ވެރިޔާ އެވެ.

ބޮލީވުޑް އަށް ގިން ލަވަކިއުންތެރިން ތަކެއް ދީފައިވާ މިޝޯވ ސޮނީ ޓީވީން ގެނެސްދޭން ފެށީ 2004 ގަ އެވެ. މި އަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ނިންމާލި "އިންޑިއަން އައިޑޮލް 13″ ކާމިޔާބުކޮށްފައި ވަނީ ރިޝީ ސިންގް އެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.