"ސިންގަމް އަގެއިން" ލޯންޗް ކޮށްފި

"ސިންގަމް އަގެއިން" ލޯންޗް ކޮށްފި

Author
ފާތިމަތު ނާވީ
18 ސެޕްޓެމްބަރ 2023 01:58
0

އަޖޭ ދޭވްގަން ފުލުހެއްގެ ރޯލު ކުޅެމުން އަންނަ މަގުބޫލު "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު "ސިންގަމް އަގެއިން" އިއްޔެ ލޯންޗްކޮށްފި އެެވެ.

ޔާޝްރާޖް ސްޓޫޑިއޯގައި "ސިންގަމް އެގެއިން" ލޯންޗްކުރި ހަފުލާގައި ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި އަޖޭ އާއި ރޯހިތުގެ ކޮޕް ޔުނިވާސްގައި ހިމެނޭ "ސިމްބާ" ގެ ކެރެކްޓާ ކުޅޭ ރަންވީރު ސިންގު ވެސް ބައިވެރިވި އެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

"ސިންގަމް" ސީރީޒް ފިލްްމް ތަކަކީ އަޖޭ އާއި އެކުގައި އެކްޝަން ޑައިރެކްޓރެއްގައި ގޮތުގައި ފާހަގަ ކުރެވޭ ޑައިރެކްޓަރު ރޯހިތު ޝެޓީ ކުރިއަށް ގެންދާ ފިލްމް އެކެވެ. މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައި އޮތީ ނޮވެމްބަރުގައި ފާހަގަކުރާ ދިވާލީގެ ތެރެއަށެވެ.

މީގެ ފުރަތަމަ ބައި "ސިންގަމް" ރިލީޒްކުރީ 2011 ގަ އެވެ. އޭގެ ބަތަލަކީ ކާޖަލް އަގަރްވާލެވެ. އަދި ކަރީނާ ކަޕޫރް ބަތަލާގެ ރޯލު ކުޅުނު "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ. އެ ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.