"ރާމްބޯ" ގެ ބަތަލާ އަކީ ޖާންވީ

"ރާމްބޯ" ގެ ބަތަލާ އަކީ ޖާންވީ

Author
ފާތިމަތު ނާވީ
18 ސެޕްޓެމްބަރ 2023 10:23
0

އަަރަމުން އަންނަ ޒުވާން ބަތަލާ ޓައިގާ ޝްރޮޕް ގެ ފިލްމް "ރާމްބޯ" ގެ ބަތަލާ އަށް ޖާންވީ ކަޕޫރު ސޮއި ކޮށްފިއެވެ. ހޮލީވުޑްގެ ފިލްމު "ރާމްބޯ" ގެ ހިންދީ ރީމޭކް މި ފިލްމް އަކީ ވަރުގަދަ އެކްޝަން ފިލްމްއެކެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި އަހަރުގެ ޖެނުއަރީގައި "ޕަތާން" ގެނެސްދިނުމަށް ފަހު މިހާރު "ފައިޓާ" ގެ މަސައްކަތް ކުރަމުން އަންނަ ޑައިރެކްޓަރު ސިދާތް އާނަންދު ހަދަން ނިންމާފައިވާ "ރާމްބޯ" އަށް މިހާރު އަންނަނީ ތައްޔާރީތައްވަމުންނެވެ.

 

View this post on Instagram

 

A post shared by Tiger Shroff (@tigerjackieshroff)

ފިލްމްގެ ޝޫޓިންގ ފެށުމަސް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުގައިއެވެ. އެހާތަނަށް ސިދާތް "ފައިޓާ" ގެ ހުރިހާ މަސައްކަތްތަކަކުން އަތްދޫކޮށްލުމަށްފަހު "ރާންބޯ" ގެ މަސައްކަތަށް ހުސްވާނެއެވެ. ފިލްމް ރިލީޒް ކުރާ ތާރީހެއް އަދި އިއުލާންނެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ފިލްމްގެ ޓީމުން އަދި މިކަން ކަށަވަރު ކޮށްދީފައިއެއް ނުވެއެވެ. މިއީ ތެދަކަށްވެއްޖެ ނަމަ ޓައިގާ އާއި ޖާންވީގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. ޓައިގާ ބައްޕަ ޖެކީ ޝްރޮފާއި ޖާންވީގެ މަންމަ ކުރީގެ ބަތަލާ ސްރީދޭވީ އަކީ ވެސް އެކީގައި ފިލްމުތަކެއް ކުޅެފައިވާ ދެ ތަރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.