ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަޒްލީން

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަޒްލީން

Author
މުޙައްމަދު ޝަޒައިމް
17 ސެޕްޓެމްބަރ 2023 01:48
0

ޖުމްހޫރީ ޕާޓީ ޖޭޕީގެ ސެކްރެޓަރީ ޖެނެރަލަކަށް ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އައްޔަންކުރައްވައިފިއެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަޒްލީން އައްޔަންކުރެއްވީ އެ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމެވެ. މީގެ އިތުރުން އަޒްލީނަކީ ގާސިމުގެ ސްޕެޝަލް އެޑްވައިޒަރެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލަށް އަޒްލީން އައްޔަން ކުރެއްވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލީ އާރިފު އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އަލީ އާރިފު އިސްތިއުފާ ދެއްވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ނިންމާފައިވަނިކޮށެވެ.

ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އާރިފު އިސްތިއުފާ ދެއްވި ނަމަވެސް އަދި ޕާޓީން ވައިވެވަޑައިގެންފައިނުވާ ކަމަށްވެއެވެ. ޖޭޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކެލާ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާރިފް ހަމަޖެއްސީ އޮކްޓޫބަރު 23، 2019 ގައެވެ.

އަލީ އާރިފަކީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެކެވެ. ނަމަވެސް ޕީޕީއެމްގައި ހުންނެވުމަށްފަހު އަލީ އާރިފް ޖޭޕީއަށް ވަޑައިގެންނެވި ފަހުން މުއިއްޒުއާ ގުޅުން ރަނގަޅު ނޫން ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.