ރީ-ރަޖިސްޓްރީ ފޯމުތައް ކުއްލިއަކަށް އިތުވެފައިވާތީ އީވާވެސް ސުވާލު އުފައްދައިފި

ރީ-ރަޖިސްޓްރީ ފޯމުތައް ކުއްލިއަކަށް އިތުވެފައިވާތީ އީވާވެސް ސުވާލު އުފައްދައިފި

Author
އައިޝަތު އަޙްމަދު
17 ސެޕްޓެމްބަރ 2023 12:47
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީވުމަށް ހުށައެޅި ފޯމްތަކުގެ އަދަދު ކުއްލިއަކަށް އިތުރުވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާޢަބްދުﷲވެސް ސުވާލު އުފައްދަވައިފިއެވެ.

އިވާ މިކަންބޮޑުވުން ފާޅުކުރައްވާފައިމިވަނީ، ފާއިތުވި ދެ ދުވަހުގެ ތެރޭގައި ފަންސަވީހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރޭޝަނަށް ހުށައެޅުމާއި ގުޅިގެންނެވެ.

އީވާ ވިދާޅުވީ، ފުރަތަމަ ބުރުގައި ރަޖިސްޓްރީ ކުރުމުގެ ޝައުގުވެރިކަން ކުޑަކަމަށް ބަލާއިރު، މި ކުއްލި އަދަދު އިތުރުވުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއްކަމަށެވެ. ހާއްސަކޮށް ރައީސް ޞާލިޙްގެ ކެމްޕޭނުގައި ރިޝްވަތާއި، ކޮރަޕްޝަން، ވަސީލަތްތައް ބޭނުންކުރުން ފަދަ ކަންކަން ހިމެނުނުއިރު، މިއީ ވެސް "ސެބޮޓޭޖް" ކަމެއް ނޫންކަން ޔަގީން ކުރުމަށް އީސީގެ މެންޑޭޓް ދަމަހައްޓަން ޖެހޭކަމަށް އީވާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ރީ ރަޖިސްޓްރޭޝަނަށް ހުޅުވީ ދެ ދުވަސް ތެރޭގައި ފަންސަވީސް ހަހަށްވުރެ ގިނަ މީހުން ފޯމު ހުށައަޅާފައިވާކަަމށް ބުނެފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އޮންލައިންކޮށް ހުށައަޅާ ފޯމުތަކެވެ. ލަފާކުރެވޭގޮތުގައި މިއަދު ހަވީރު 4އާއި ހަމައަށް މި އަދަދު އިތުރުވާނެއެވެ.

މީގެ އިތުރުން އާންމުންގެ އައިޑީކާޑު ބޮޑެތި އަގުތަކަށް ގަންނަމުންދާކަމުގެ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ. އެފަދަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ. އަބްދުއްރަހީމް ވިދާޅުވީ އެކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެވެސް އެބައޮތްކަމަށާއި،އ ެކޮމިޝަންގެ ރައީސް ފުއާދު ތައުފީގްވެސް އެ ކަންބޮޑުވުން އޮތްކަމަށް ވިދާޅުވެފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.