"ބިގް ބޮސް 17″ ގެ ޕްރޮމޯ ދައްކާލައިފި

"ބިގް ބޮސް 17″ ގެ ޕްރޮމޯ ދައްކާލައިފި

Author
ފާތިމަތު ނާވީ
17 ސެޕްޓެމްބަރ 2023 11:09
0

ސަލްމާން ޚާން ހޯސްޓްކުރާ ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 17 ގެ ފުރަތަމަ ޕްރޮމޯ ދައްކާލައިފި އެވެ.

ކަލާޒް ޓީވީގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުން މީގެ ޕްރޮމޯ ދައްކަމުން އަންނަ އިރުގައި މި ފަހަރު ހާއްސަކޮށްފައި ކައިވެނިކޮށްގެން އުޅޭ ސެލެބްރިޓީންނަށާއި ކައިވެނި ރޫޅިފައިވާ ސެލެބްރިޓީންނަށެވެ. އެހެންވެ މި ފަހަރުގެ ސީޒަން ވާނީ ތަފާތު ރަހައެއްގެ ޝޯއަކަށެވެ.

"ބިގް ބޮސް 17″ ފެށުމަށް ހަމަޖެހިފައިވާ ތާރީހެއް ރަސްމީކޮށް އަދި އިއުލާނު ކޮށްފައިނުވާއިރު އަންނަ މަހު ފެށިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މި ފަހަރުގެ ސީޒަން ގައި ބައިވެރިވާ ތަރިންނާކީ ކޮބައިކަމެއްވެސް ހާމަކޮށްފައި އެއް ނުވެއެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

ކަލާޒް އިން ގެނެސްދިން  "ބިގް ބޮސް 16″ ކާމިޔާބުކުރީ މަޝްހޫރު ރެޕާ އެމްސީ ސްޓޭން އެވެ. މިފަހަރުގެ ސީޒަން އަކީ ސަލްމާން ހޯސްޓްކުރާ 14 ވަނަ ސީޒަން އެވެ.ސަލްމާންގެ އިތުރުން ބިގްބޮސް ހޯސްޓްކޮށްފައިވަނީ އަމީތާބް ބައްޗަން، ޝިލްޕާ ޝެޓީ އަދި އަރުޝަދު ވާސީ އެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.