މިދިޔަ އަހަރު ބޮކްސް އޮފީހުގައި އެންމެ ހިނގި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދަ ކަޝްމީރު ފައިލްސް" ގެނެސްދިން ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ ގެ ފިލްމް "ދަ ވެކްސިން ވޯ" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
މި ފިލްމްގައި ދައްކުވައި ދޭނީ އިންޑިއާގައި ކޮވިޑް ވެކްސިން (ކޯވެކްސިން) އުފެއްދި ގޮތެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ފިލްމުގެ ޓްރެއިލާ ނެރުނީ މިދިޔަ އަންގާރަ ދުވަހެވެ.
މި މަހުގެ 28 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ މިދިޔަ އަހަރު ބޮކްސް އޮފީހުގައި އެންމެ ހިނގި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދަ ކަޝްމީރު ފައިލްސް" ގެނެސްދިން ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ ހަދާފައިވާ އެއްޗެކެވެ.
މި ފިލްމުގައި ވެސް ލީޑު ރޯލުތައް ކުޅެނީ "ދަ ކަޝްމީރު ފައިލްސް"ގައި އުޅުނު އަނުޕާމް ކޭރު އާއި ޕައްލަވީ ޖޯޝީ އެވެ. ޕައްލަވީ އަކީ ޑައިރެކްޓަރު ވިވެކްގެ އަންހެނުންނެވެ. އަދި "ދަ ވެކްސިން ވޯ" ގެ ޕްރޮޑިއުސަރަކީ ވެސް ޕައްލަވީ އެވެ. މީގެ އިތުރުންމުހިންމު ރޯލުތަކުން ނާނާ ޕަޓޭކަރާއި ސަޕްތަމީ ގޯޑާ އާއި ރައިމާ ސެން އަދި ޕަރިތޯޝް ސާންދު ވެސް ފެންނާނެ އެވެ.
ކޮމެންޓު ފޮނުވާ