ެުއުމުރު ތަފާތު ވުމަކީ މައްސަލަ އެއް ނޫން ކަމަށް ކަރީނާ ބުނެފި

ެުއުމުރު ތަފާތު ވުމަކީ މައްސަލަ އެއް ނޫން ކަމަށް ކަރީނާ ބުނެފި

Author
ފާތިމަތު ނާވީ
15 ސެޕްޓެމްބަރ 2023 04:27
0

ދެމަފިރިންގެ ދެމެދުގައި އުމުރު ތަފާތުވުމަކީ މާބޮޑު މައްސަހައެއް ނޫން ކަމަށާއި މީހުން އެކަންތަށް މާ ބޮޑު ކޮށްލައިގެން އުޅެނީ ކަމަށް ބަތަލާ ކަރީނާ ކަޕޫރު ބުނެފިއެވެ.

ދެކުދިންގެ މަންމަ އަބަދުވެސް ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި އެވެ. އަދި އެމީހުންގެ ޒާތީ ދިރިއުޅުމުގެ ވާހަކަ މީޑީއާއައި އަބަދުވެސް ހިއްސާ ކުރާ ބަތަލާ އެއްގެ ގޮތުގައި ކަރީނާ ފާހަގަ ކުރެވެއެވެ.

ކަރީނާ އަށް ވުރެ އުމުން 10 އަހަރު ދޮށީ އެކްޓަރު ސައިފް އަލީ ހާން އާއި ކައިވެނި ކުރީ 2012 ވަނަ އަހަރުގައިއެވެ. އެކައިވެނިން ދެމަފިރިންނަށް ދެ ފިރިހެން ކުދިން ވަނީ ލިބިފައިއެވެ. އެއީ ތައިމޫރް އާއި ޖޭއެވެ.

މިފަހުން މީޑިއާއަށް ދިން އިންޓަވިއު އެއްގައި ކަރީނާ ބުނެފައިވަނީ ދެމަފިރިންގެ އުމުރުގެ ތަފާތަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި އެކަމަކު މީހުން އެކަން ބޮޑު ކޮށްލައިގެން އުޅޭ ކަމަށާއި އެކަމާއި އޭނާ އަޅައިނުލާ ކަމަށް ބުނެފައިއެވެއެވެ.

މީގެ އިތުރުން ވެސް ކަރީނާ ވަނީ އެ ދެމީހުންނަކީ ތަފާތު ދެ ދީނަކަށް އުޅޭ ދެމީހުން ކަމަށް ވިޔަސް އެކަމުގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް އެއްވެސް ހުރަހެއް ނޭޅޭ ކަމަށް ބުނެފަ އެވެ. ސައިފްއަކީ މުސްލިމަކަށްވާއިރު ކަރީނާއަކީ ހިންދޫ އެކެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.