ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ އެއާލައިން އިއްތިހާދު އެއާވޭސްގެ ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް އަލުން ހަމަޖައްސައިފި އެވެ.
2010 ވަނަ އަހަރުވެސް ކެޓްރީނާ ވަނީ އެއާލައިންގެ އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެެ. އޭގެ އަހަރުތަކެއް ފަހުން ޖެޓްރީނާ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައި އެކަން ރަސްމީކޮށް އިއުލާންކޮށް، އިއްތިހާދު އެއާވޭސް އިން މިހާރު ވަނީ ކެޓްރީނާ ހިމަނައިގެން ޕްރޮމޯޝަނަލް ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.
މި ފުރުސަތުގައި އޭނާ އިއްތިހާދު އެއާވޭސް އިންޑިއާގައި އިތުރަށް އިޝްތިހާރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އިއްތިހާދު އެއާވޭސް އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް އެއާލައިނެވެ. ރާއްޖެއަށްވެސް މިއެއާލައިން އަންނަނީ ދަތުރުކުރަމުންނެވެ.
އެ އެއާލައިންގެ އެމްބެސެޑަރުކަން ކެޓްރީނާ އަށް ލިބުނު އިރު އޭނަ އަކީ މިހާރު ވެސް ގިނަ ބްރޭންޑްތައް އެންޑޯޒްކޮށްދޭ، އަދި ބްރޭންޑްތައް އިޝްތިހާރުކޮށްގެން ބޮޑު އާމްދަނީއެއް ވެސް ލިބޭ ބަތަލާއެކެވެ.
ކޮމެންޓު ފޮނުވާ