ވިރާޓް ގެ ބައޯޕިކް އަށް ރާމް

ވިރާޓް ގެ ބައޯޕިކް އަށް ރާމް

Author
ފާތިމަތު ނާވީ
14 ސެޕްޓެމްބަރ 2023 04:22
0

އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ ގެ ބަޔޮޕިކް ފިލްމުގައި އޭނާގެ ރޯލު ކުޅުމުގެ ފުރުސަތު، ސައުތުގެ މަޝްހޫރު އެކްޓަރު ރާމް ޗަރަން އަށް ލިބިއްޖެއެވެ.

މީގެ ކުރިން އިވެންޓެއްގައި ރާމް ޗަރަން ވަނީ ސްޕޯޓްސް ޑްރާމާ ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާކަމުގެ ޝައުގު ފާޅުކޮށްފައިއެވެ. އެއާއި އެކުގައި ވިރާޓްގެ ރޯލު ކުޅެން ބޭނުންވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ރިޕޯޓްތަށް ބުނާގޮތުގައި ރާމް އަށް މިހާރު ވަނީ ފިލްމް ހުށައަޅައިފައިއެވެ. އަދި އޭނާގެ އާނ ބަސް ލިބުނުހާ އަވަހަކަށް ފިލްމްގެ މަސައްކަތް ތަށް ފަށާނެ ކަމަށް ވެސް ވަނީ ބުނެފައިއެވެ. މި ފިލްމްގެ މަސައްކަތް އަދި އޮތީ ވަރަށް ވެސް ކުރީކޮޅުގައި ކަމުން މި ފިލްމްގެ މަސައްކަތް ނިންމުމަށް އަދި ވަރަށް ވަގުތު ނަގާނެ ކަމަށް ވެއެވެ. ނަމަވެސް މި ފިލްމް އާއި ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާ ކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Ram Charan (@alwaysramcharan)

ރާމް އަކީ ސައުތުގެ އިތުރުން މިހާރު މުޅި ދުނިއަށްވެސް މަގުބޫލު އެކްޓަރެކެވެ. އޭނާ ލީޑުން ފެނިގެންދިއަ ފިލްމް "އާރްއާރްއާރް" ވެގެން ގޮސްފައި ވަނީ މުޅި ދުނިއެއަށް ރާމް ނަން އެނިގެންދިއަ ފިލްމްއަކަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.