އަކްޝޭ ގެ ""ކޭލް ކޭލް މޭ" އަށް ފަރްދިން ސޮއިކޮށްފި

އަކްޝޭ ގެ ""ކޭލް ކޭލް މޭ" އަށް ފަރްދިން ސޮއިކޮށްފި

Author
ފާތިމަތު ނާވީ
11 ސެޕްޓެމްބަރ 2023 05:13
0

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ފަރްދިން ހާން އާ ފިލްމަކަށް ސޮއިކޮށްފި އެވެ. ގިނަ ދުވަސް ތަކަކަށް އިންޑަސްޓްރީއާއި ދުޔރުގައި ހުރުމަށް ފަހު އޭނާ އަންނަނީ އެނބުރި އައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާ މިހާރު ވަނީ "ވިސްފޮޓް" ކިޔާ ފިލްމް އެއް ކުޅެން ފަށައިފައިއެވެ.

މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ފީރޯޒް ޚާންގެ ދަރިފުޅު ފަރްދީން ސޮއިކުރި އާ ފިލްމަކީ އަކްޝޭ ކުމާރު ވެސް މުހިއްމު ރޯލެއް ކުޅެން ހަމަޖެހިފައިވާ ޑައިރެކްޓަރު މުދައްސަރު އަޒީޒުގެ ކޮމެޑީ ފިލްމު "ކޭލް ކޭލް މޭ" އެވެ.

މީގެ ކާސްޓްގައި ތާޕްސީ ޕައްނޫ އާއި ވާނީ ކަޕޫރާއި މަދުމަދުން ހިންދީ ފިލްމުތަކުން ވެސް ފެންނަ ޕަންޖާބީ އެކްޓަރު/ލަވަކިޔުންތެރިޔާ އައްމީ ވާކް ވެސް ހިމެނެ އެވެ. ފިލްމަށް ފަރުދިން ސޮއި ކުރުމާއި އެކުގައި އަނެއްކައިވެސް ކާސްޓަށް އިތުރު ވީއެވެ.

އަކްޝޭ އާއި ފަރުދީން ކުރިން ވެސް ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ ފަރާ ޚާންގެ ކޮއްކޮ ސާޖިޖު ޚާން އަލަތުގެ ޑައިރެކްޝަން 2007 ގެ "ހޭ ބޭބީ" ގަ އެވެ. ފަރުދީން، 49، އަލުން 2021 ގައި އެކްޓިން އަށް ނުކުތީ ވަރަށް ގިނަ ދުވަހު ފިލްމީ މަސައްކަތްތަކާ ދުރުގައި ހުރުމަށް ފަހު އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2010 ގެ "ދުލްހާ މިލްގަޔާ" އެވެ.

އަކްޝޭ އާއި ފަރުދީން ކުރިން ވެސް ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ ފަރާ ޚާންގެ ކޮއްކޮ ސާޖިޖު ޚާން އަލަތުގެ ޑައިރެކްޝަން 2007 ގެ "ހޭ ބޭބީ" ގަ އެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.