"އާޝިގީ 3″ ގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅު

"އާޝިގީ 3″ ގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅު

Author
ފާތިމަތު ނާވީ
11 ސެޕްޓެމްބަރ 2023 03:21
0

ޒުވާން އެކްޓަރު ކާތިކް އާރިއަން ގެ އަސަރުގަދަ ލޯބީގެ ފިލްމް "އާޝިގީ 3″ ގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީގައި ފަށަން ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިހާރުވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމް އަކީ ވަރަށް އަސަރުގަދަ ލޯބީގެ ފިލްމްއެކެވެ. މީގެ ކުރިން މި ނަމުގައި ނެރުނު ދެ ފިލްމް ވެސް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިއެވެ. އަދި ހަމަ އެހެންމެ މި ފިލްމްގެ ލަވަ ތަކަކީ ވެސް ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ލަވަތަކެކެވެ.

 

View this post on Instagram

 

A post shared by Akanksha Sharma (@akanksharmaa)

ފިލްމު އިއުލާންކުރި ފަހުން މީގެ ބަތަލާއަކާ ބެހޭ ގޮތުން މިހާތަނަށް ވަރަށް ގިނަ ވާހަކަތައް މީޑިއާތަކުގައި މިހާތަނަށް ދެކެވިފައިވެ އެވެ. ނަމަވެސް ފިލްމް އަށް ނަގައިފައިވަނީ ދެކުނުގެ ބައެއް ފިލްމުތަކުން ފެނިފައިވާ ޒުވާން ބަތަލާ އަކަންކްޝާ ޝަރުމާ ކަމަށް އެންމެ ފަހުގެ ހަބަރުތަށް ވަނީ ބުނެފައިއެވެ. ނަމަވެސް އަދި ފިލްމް ގެ ބަތަލާ ކަށަވރެއް ނުވެއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

ރިޕޯޓްތައް ބުނާ ގޮތުން އަކަންކްޝާ އަކީ ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފްގެ މިހާރުގެ ލޯބިވެރިޔާ އެވެ. އެ ދެ މީހުން އެކީގައި "އައި އޭމް އަ ޑިސްކޯ ޑާންސާ 2.0″ ކިޔާ ވީޑިއޯ ލަވައެއް ވެސް ކުޅެފައިވެ އެވެ.

މަހޭޝް ބަޓާއި މުކޭޝް ބަޓްގެ ވިޝޭސް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ހަދާ "އާޝިގީ 3″ އިއުލާންކުރި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 4 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.