މި މަހުގެ 21 ގައި ފާހަގަކުރާ ކަރީނާ ކަޕޫރުގެ އުފަންދުވަހާއި ދިމާކޮށް ޕްރިމިއާ ކުރުމަށް ހަމަޖައްސައިފައިވާ އޭނާގެ އެންމެ ފަހުގެ ފިލްމް "ޖާނޭ ޖާން" އަކީ އަކީ ކުރިން އައިޝްވާރިއާ ރާއީއާ އެކީ ހަދަން ޕްލޭންކުރި ފިލްމެއް ޑައިރެކްޓަރު ސުޖޯއި ގޯޝް ބުނެފި އެވެ.
"ޖާނޭ ޖާ" އަކީ ސިނަމާތަކަށް ނުގެނެސް، ޑިޖިޓަލްކޮށް ޕްރީމިއާކުރާ ކަރީނާގެ ފުރަތަމަ ފިލްމެވެ. އެއާއި އެކުގައި ފިލްމް ބަލާލުމުގެ ޝައުގު މިވަނީ އިތުރުވެގެނ ްގޮސްފައިއެވެ. މި ފިލްމް ޕްރިމިއާ ކުރުމަށް ނިންމައިފައިވަނީ ނެޓްފްލިކްސް އިންނެވެ.
ފިލްްމްގެ ޓްރެއިލާ ލޯންޗުކުރި ރަސްމިއްޔާތުގައި ޝުޖޯއީ ބުނީ "ޖާނޭ ޖާ" އަކީ އެންމެ ފުރަތަމަ 2015 ހިސާބުގައި ހަދަން ޕްލޭންކުރެވުނު ފިލްމެއް ކަމަށާއި އޭރު ފިލްމުގެ ބަތަލާއަކަށް ގެންނަން އުޅުނީ އައިޝްވާރިއާ ކަމަށެވެ. އަދި އެއާއި އެކުގައި މި ފިލްމް އަށް ކަރީނާ ގެ ފިރިމީހާފ ސައިފް ވެސް ނަގަން ނިންމައިފައި އޮތް ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ނަމަވެސް އެއްވެސް ކަމެއް ޝުޖޯއީ ފުރަތަމަ ޕްލޭން ކުރި ގޮތަށް ގޮސްފައިއެއް ނުވެއެވެ. ބެލުން ތެރިންނަށް ފިލްމް ގެނެސްދޭ އިރުގައި މުޅި ކާސްޓުވެސް ވަނީ ބަދަލުވެފައިއެވެ. ނަމަވެސް ފިލްމް އިރުތަށް ފުރިހަމަވެގެން ގޮސްފައިވާ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
މީގެ އިތުރުން މިހާރު ފިލްމް އަށް ނަގައިފައިވާ ކާސްޓާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އެމީހުންގެ އެކްޓިންގް އަށް 100 ޕަސެންޓް ދޭ ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.
"ޖާނޭ ޖާ" އަކީ ސުޖޯއިއާ އެކީ ކަރީނާ މަސައްކަތްކުރި ފުރަމަަ ފިލްމެވެ. މީގެ އެކްޓަރުންނަކީ ވިޖޭ ވަރުމާ އާއި ޖައިދީޕް އަހުލުވާތެވެ. "ޖާނޭ ޖާ" އަކީ ޖަޕާންގެ ވާހަކައެއް ކަމަށްވާ "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް" އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ.