ރައްޔިތުން ނިންމާ ނިންމުމަކަށް، އިޚުތިރާމްކޮށް ޤައުމު ކުރިއަށް ދާންޖެހޭ: ނައިބް ރައީސް

ރައްޔިތުން ނިންމާ ނިންމުމަކަށް، އިޚުތިރާމްކޮށް ޤައުމު ކުރިއަށް ދާންޖެހޭ: ނައިބް ރައީސް

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2023 02:52
0

މިއަދުގެ ވޯޓުލުން ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް ރައްޔިތުން ނިންމާ ކޮންމެ ނިންމުމަށް އިޚުތުރާމުކޮށް ޤައުމު ކުރިއަށް ގެންދަން ޖާގަ ދޭންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިިބް ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާއި ވާދަހަކަ ދައްކަވަމުންނެވެ. ނައިބް ރައީސް ވިދާޅުވީ އިންތިޚާބުގެ ކަންކަން ކުރިއަށް ދަނީ ވަރަށް އަމާން ކަމާއި އޮމާން ކަމާއިއެކުގައި ކަމަށެވެ. އަދި އުންމީދަކީ ވޯޓުލުން ނިމިގެން ދާނީވެސް ހަމަ މިއެކުވެރި ކަމާއިއެކުގައި ކަމަށް ގަބޫލު ކުރާކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ އިންތިޚާބުތަކަކީ ހުރިހާ ރައްޔިތުންނާއި ގުޅިފައި އޮންނަ ކަމެއް ކަމަށާއި، މުޅި ގައުމުގެ ކުރިއެރުމާއި، ރައްޔިތުންގެ އުންމީދާއި ކުރިމަގާއި ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ވޯޓު ލުމަކީ ފަރުދީ ޒިންމާއެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މިއަދު ކޮންމެ ގޮތަކަށް އިންތިޚާބު ނިމުނު ނަމަވެސް ރައްޔިތުން ނިންމާ ނިންމުމަށް އިޚުތިރާމުކޮށް ޤައުމު ކުރިއަށް ގެންދަން އެބަޔަކަށް ޖާގަ ލިބެންޖެހޭނެކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑަށް މިފެންނަނީ ވަރަށް ހަމަޖެހުމާއެކު މުޅި ރާއްޖޭގައި އިރާދަކުރެއްވިއްޔާ ވަރަށް ހަމަޖެހުމާއެކު ހަމަހިމޭން ކަމާއެކު ވަރަށް ސްމޫތުކޮށް ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދާ މަންޒަރު. އަޅުގަނޑުމެންގެ އުންމީދަކީ ވެސް މިއީ.

– ނައިބް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި ހަމައަށް ވަރަށް އިޚުލާސްތެރި ކަމާއިއެކު ރައީސް ޞާލިހުގެ ނައިބަކަށް ހުންނެވި ނައިބް ރައީސް ފައިސަލް ނަސީމަށް ދެވަނަ ދައުރަކަށް ރައީސް ކުރިމަތި ލައްވައިގެން ރަނިންމޭޓުގެ ޖާގަ ދެއްވާފައި ނުވެއެވެ. ނަމަވެސް ފައިސަލް އެކަމަށް ޝައުގުވެރިކަންވެސް ފާޅު ކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

K Kaidhaa
Rayyithun ninmaa nin mun gaboo lu nukuraa ni MDP bai gandu emeehunah kaamiyaab nu vejje nama February 7 ekey eggotha hulhu jahan fahah nu dhaa ne moya geri baigandu