ރައީސް ޔާމީންގެ ވަކީލުން ފައިސާއާއި މަޤާމަށް ނުވިކޭނެ، އާސިފަކީ ވަކީލުގެ ޓީމުގެ މީހެއްނޫން: ޝިޔާޒު

ރައީސް ޔާމީންގެ ވަކީލުން ފައިސާއާއި މަޤާމަށް ނުވިކޭނެ، އާސިފަކީ ވަކީލުގެ ޓީމުގެ މީހެއްނޫން: ޝިޔާޒު

Author
މުޙައްމަދު ޝަޒައިމް
07 ސެޕްޓެމްބަރ 2023 11:48
0

ރައީސް ޔާމީންގެ ވަކީލުންނަކީ ފައިސާއާއި، މަޤާމަށް ވިކޭނެ ބައެއް ނޫން، ލޯޔަރު އާސިފަކީ ރައީސް ޔާމީންގެ ވަކީލުގެ ޓީމުގެ މީހެއްނޫން ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި ހިމެނި ވަޑައި ގަންނަވާ އަލް އުޘްތާޒު ޝިޔާޒު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ތެރޭގައި އިސްކޮށް މަސައްކަތްކުރެއްވި ވަކީލެއް އެމްޑީޕީއަށް ސޮއިކޮށްފައި ވާކަމަށް ނޫސްތަކުގައި ސުރުހީތައް ހަދާތީ ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި ހިމެނޭ މެމްބަރެއްގެ ހައިސިއްޔަތުން ދެއްވި މެސެޖެއްގައެވެ.

ޝިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަތަކުގައި މަސައްކަތްކުރާ އެއްވެސް ވަކީލެއް އެމްޑީޕީއަށް ނުވަތަ އެހެން ޕާޓީ އަކަށްވެސް ސޮޔެއް ނުކުރާނެ ކަމަށެވެ. އާދަމް އާސިފަކީ ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި ކުރިން އެހީތެރިވެދެއްވި ވަކީލަކަށް ވިޔަސް މިހާރުއެއީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގެ މެމްބަރެއް ނޫންކަމަށް ޝިޔާޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި އުޅެވޭނީ ދިވެހި ޤައުމުއަޅުވެތިކަމުން ސަލާމަތްކުރުމަށް ހެޔޮ ނިޔަތުގައި އިލްޚްލާސްތެރި ކަމާއެކު މަސައްކަތްކޮށްގެން. ރައީސް ޔާމީންގެ ވަކީލުންނަކީ ފައިސާއަށް، މަޤާމަށް ވިކޭނެ އަދި ގަނެވޭނެ ބައެއް ނޫން. އަހަމެންގެ މޮޓޯ އަކީ ރައީސް ޔާމީންގެ މޮޓޯ، "އެންމެ ފުރަތަމަ ޤައުމު". ރައީސް ޔާމީން ތާއީދު ކުރައްވާ ކެނޑިޑޭޓަކީ ކެނޑިޑޭޓް ނަންބަރު 4 ދިވެހީންގެ ކެނޑިޑޭޓް ޑރ. މުޢިއްޒު.

– ޝިޔާޒު ވިދާޅުވިއެވެ.

އަލްއުސްތާޛް އާދަމް އާސިފް ޤާނޫނީ ޓީމުގައި ކުރިން ހިމެނުނު ކަމުގައި ވިޔަސް ރައީސް ޔާމީންގެ މައްސަލަ ތަކުގައި ޝަރީއަތުގެ މަޖިލީހަށް ޙާޟިރުވެ އިންނެވުން ފިޔަވާ އިތުރު މަސައްކަތެއް، އިމްޕުޓެއް ދެއްވާ ފަރާތެއްނޫން ކަމަށްވެސް ޝިޔާޒު ވިދާޅުވިއެވެ. މިކަމާގުޅޭ އިތުރު ތަފްސީލު ވަކީލުންގެ ޓީމުން ދާދިއަވަހަށް ހާމަކުރައްވާނެކަމަށް އާސިފް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.