ރައީސް ޔާމީންގެ ވަކީލަކަށް އުޅުއްވި އާސިފް އެމްޑީޕީއަށް ސޮއިކޮށްފި

ރައީސް ޔާމީންގެ ވަކީލަކަށް އުޅުއްވި އާސިފް އެމްޑީޕީއަށް ސޮއިކޮށްފި

Author
މުޙައްމަދު ޝަޒައިމް
07 ސެޕްޓެމްބަރ 2023 08:47
0

ޕީޕީއެމްގެ އިސްތިއުނާފީ ކޮމިޓީގެ މެމްބަރު، ލޯޔަރ އާދަމް އާސިފް ޕީޕީއެމްއިން ވަކިވެ މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ހިންގި ހަރަކާތްތަކުގެ ވެސް އިސް ސަފުގައި އާސިފް ހަރަކާތްތެރިވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެމަނިކުފާނަށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ކަނޑައެޅުމާއެކު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒު ކެންޑިޑޭޓަކަށް ނެރުނު ހިސާބުން އެ ޕާޓީގެ ހަރަކާތްތަކުން އާސިފް ފެނިފައެއް ނުވެއެވެ.

ސްކޫލު ދައުރު ނިންމެވުމަށް ފަހު އާސިފު ފުރަތަމަ ގުޅިވަޑައިގަތީ މޯލްޑިވްސް ޕޮލިސް ސާވިސްއާއެވެ. ޕޮލިހުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު ވަކިވެވަޑައިގެން މަސައްކަތް ކުރެއްވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައެވެ.

އާސިފް އެމްޑީޕީއާއި ގުޅުނު ސަބަބެއް އަދި ސާފެއް ނުވެއެވެ. އޭނާ އެމްޑީޕީއަށް ސޮއިކޮށް ފޯމު ހަވާލުކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.