ޒީނަތް އާއި ޝަބާނާ "ބަން ޓިއްކީ" އަށް

ޒީނަތް އާއި ޝަބާނާ "ބަން ޓިއްކީ" އަށް

Author
ފާތިމަތު ނާވީ
07 ސެޕްޓެމްބަރ 2023 09:13
0

ކުރީގެ ބޮލީވުޑްގެ ވަރަށް މަޝްހޫރު ދެތަރިން ކަމުގައިކާ ޒީނަތް އަމާން އާއި ޝަބާނާ އާޒްމީ އެކުގައި ފިލްމް ކުޅުމަށް ސޮއިކޮށްފިއެވެ.

މިދެތަރިން ކުޅޭ ފިލްމްގެ ނަމަކީ "ބަން ޓިއްކީ" އެވެ. މި ފިލްމްގެ ޝޫޓިން އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށުމަށް އަންނަނީ ތައްޔާރީތަށް ވަމުންނެވެ. ހަތްދިހައިގެ ތެރޭގައި ފިޔަޖެހި މަޝްހޫރު ދެ ބަތަލާއިން އެއް ފިލްމް އަކުން ބަލައިލުމަކީ އެއީ ގިނަ ބެލުންތެރިންގެ އުންމީދެކެވެ.

މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ މީގެ ދެދުވަސް ކުރިން ރަސްމީކޮށް ލޯންޗްކުރި، އޭނަގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ހައުސް، ސްޓޭޖް 5 ޕްރޮޑަކްޝަނުން އެންމެ ފުރަތަމަ ހަދަން ނިންމާފައިވާ ތިން ފިލްމުގެ ތެރެއިން އެކައްޗެވެ.

 

View this post on Instagram

 

A post shared by Manish Malhotra (@manishmalhotra05)

މީގެ ޑައިރެކްޓަރަކީ "ޝީރު ކޯރްމާ" އާއި "ދުލްހާ ވޯންޓެޑް" އަދި "ސިސަކް" ފަދަ ފިލްމުތައް ގެނެސްދިން ފަރާޒް އާރިފުއަންސާރީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.