ފުރަތަމަ ފިލްމް ރިލީޒް ނުވަނީ އިބްރަހިމް ދެވަނަ ފިލްމް އަށް ސޮއި ކޮށްފި

ފުރަތަމަ ފިލްމް ރިލީޒް ނުވަނީ އިބްރަހިމް ދެވަނަ ފިލްމް އަށް ސޮއި ކޮށްފި

Author
ފާތިމަތު ނާވީ
08 ސެޕްޓެމްބަރ 2023 10:03
0

ބަތަލާ ސާރާ އަލީ ހާން ގެ ކޮއްކޮ އިބްރަހިމް އަލީ ހާން ދެވަނަ ފިލްމް އަކަށް ސޮއި ކޮށްފި ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

މީޑިއާތަކުން ބުނި ގޮތުގައި 22 އަހަރުގެ ޒުވާނާ ސޮއިކުރީ ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދަން ތައްޔާރުވަމުން އަންނަ މިއުޒިކަލް ލަވް ސްޓޯރީ "ދިލަރު" އަށެވެ. މިފަހުން ވަނީ ހުޝީ އާއި އިބްރަހިމް ފިލްމް އަކަށް ސޮއި ކުރިކަމުގެ އަޑު ގަދަވެފައިއެވެ. މީ އެބުނާ ފިލްމް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އިބްރަހިމް މެޑޮކް ފިލްމްސްއަކަށް ސޮއި ކުރިއިރުގައި އޭނަގެ ދައްތަ ސާރާ އަލީ ޚާން ވެސް އެ ސްޓޫޑިއޯގެ ދެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ މިދިޔަ ޖޫންގައި ރިލީޒްކުރި "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އާއި 2020 ގެ "ލަވް އާޖް ކަލް" އެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

އިބްރަހިމްގެ އަލަތު ފިލްމް އަކީ "ސަރުޒަމީން" އެވެ. އެފިލްމްގެ ޝޫޓިން މިހާރު ދަނީ ކުރިއަށެވެ. އަންނަ އަހަރު ކުރީކޮޅުގައި ރިލީޒް ކުރުމަށް އަމާޒު ހިފައިފައިވާ އެ ފިލްމް އަކީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝްންގެ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.