ޝިލްޕާ އަކީ ސުކީ, ޓްރެއިލާ މި އޮތީ

ޝިލްޕާ އަކީ ސުކީ, ޓްރެއިލާ މި އޮތީ

Author
ފާތިމަތު ނާވީ
07 ސެޕްޓެމްބަރ 2023 10:39
0

ބަތަލާ ޝިލްޕާ ޝެޓީ ފެނިގެންދާ ފިލްމް "ސުކީ" ގެ ޓްރެއިލާ ދައްކައިލައިފިއެވެ. މި ފިލްމް ގައި ޝިލްޕާ ކުޅެފައިވަނީ "ސުކީ" ކިޔާ ވަރަށް ގެވެހި އަންބެއްގެ ރޯލެވެ.

މި ފިލްމަކީ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، ސޯނަލް ޖޯޝީ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ގެވެހި އަންބެއްގެ ދިރިއުޅުމަށް ދިމާވާ ގޮންޖެހުންތަކާ އެކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތާއި އެއަށް ފަހު އޭނާ ގެ ދިރިއުޅުމަށް އަންނަ ތަފާތު މި ފިލްމުން ފެނިގެންދާނެއެވެ.

"ސުކީ" އިން ބޮޑު ކާސްޓެއް ފެންނާނެ އެވެ. އެކަމަކު މި ފިލްމް އިން މާ މަޝްހޫރު ތަރިންތަކެއް ފެނިގެންނެއް ނުދާނެއެވެ. "ސުކީ" ގައި ޝިލްޕާއާ އެކީ ފެންނާނެ އެންމެ ފާހަގަކޮށްލެވޭ އެކަކީ އަމިތު ސާދެވެ. މީގެ އިތުރުން މި ފިލްމްގެ ކާސްޓުގައި ހުޝީ ކަޕިލާ، ދިލްނާޒް އިރާނީ އާއި ނިތާޝީ ގޯއެލް އަދި ކިރަން ކުމާރު ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.