ދައްކާ ކޮންމެ ވާހަކައެއް، ހުށަހަޅާ ކޮންމެ ވައުދެއް އަކުރުން އަކުރަށް ސަރުކާރުން ދަނީ ކޮޕީ ކުރަމުން: މުއިއްޒު

ދައްކާ ކޮންމެ ވާހަކައެއް، ހުށަހަޅާ ކޮންމެ ވައުދެއް އަކުރުން އަކުރަށް ސަރުކާރުން ދަނީ ކޮޕީ ކުރަމުން: މުއިއްޒު

މި ސަރުކާރުން ގެންދަނީ އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ވައުދުތައް ކޮޕީ ކުރަމުންކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ކ. ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިހާރު ފެންނަމުން ދަނީ އޭނާ ޕޯޑިއަމްއަކަށް އަރައި ވާހަކަ ދައްކާލާއިރަށް ކޮޕީ ކުރަމުންދާ މަންޒަރު ކަމަށެވެ. އަދި އެކަން ގދ. ތިނަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަތަކުން ވެސް ހާމަވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކުރީ ދުވަހު އަޅުގަނޑު ގޮސްފައި ތިނަދޫގައި އިއުލާންކުރީ ތިނަދޫ ރައްޔިތުންނަށް އަޅުގަނޑު ދެންނެވީ އަޅުގަނޑުމެން ސަރުކާރެއް އައިއްސިއޭ، ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ތިނަދޫއަކީ މިހާރުވެސް ރައީސް ޔާމީންގެ ވެރިކަމުގައި ސިޓީއަކަށް ބޭނުންވާ ވަރަށް އިންފްރާސްޓަރަކްޗާ ގާއިމުކޮށްފައިވާތީ އެކަށީގެންވާ އާބާދީއެއް ވެސް އެބަ އޮތޭ 10،000 ހަމަ ނުވިޔަސް. އަދި ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން އެވަރަށް އާބާދީ ހަމަވަންޏާ އެހެން ރަށްތަކަށް ވެސް އެ ފުރުސަތު ލިބޭނެތާ.

– މުއިއްޒު ވިދާޅުވިއެވެ.

އެހެންވެ ތިނަދޫއަކީ ސިޓީއަކަށް ހަދާނެކަމަށް އިއުލާން ކުރި ކަމަށާއި އަދި ސަރުކާރުން އެ ވައުދު ކޮޕީކޮށް ދެ ދުވަސް ނުވެ ތިނަދޫ ސިޓީއަކަށް ހެދި ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. މިއީ އުފާވެރިކަމެއްކަމަށް ފާހަގަކޮށް، ތިނަދޫގެ ރައްޔިތުންނަށް މަރުހަބާ ދަނަންވާ މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަނީ ނަމަކަށްކަމަށެވެ. އެއާއި ހިލާފަށް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަން ކުރެވޭކަން ދައްކާނީ ކަންކަންކޮށްގެންކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރަށް ފާޑު ވިދާޅުވެ، މި ސަރުކާރުން ހޮސްޕިޓަލުގެ ނަމުން ނަން ދިފައިވާ އެތައް ތަނެއް ހުރީ ސިއްހީ މަރުކަޒަކަށްވުރެ ދަށް ހާލަތުގައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މި ޖަލްސާގައިވެސް މުއިއްޒު ވަނީ ގައުމުގެ މިނިވަންކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. ގައުމުގެ މިނިވަންކަމަކީ، އެހެން ހުރިހާ ކަމެއްގެ މައްޗަށް އިސް ކުރަންޖެހޭކަމެއްކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ ނަމަވެސް މި ސަރުކާރުން ގައުމުގެ މިނިވަންކަން ގެއްލޭފަދަ ކަންކަން ކުރަމުންދާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *