"ޖާނޭ ޖާން" ގެ ޓްރެއިލާ ދައްކައިލައިފި

"ޖާނޭ ޖާން" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
09 ސެޕްޓެމްބަރ 2023 12:37
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުގެ ފުރަތަމަ އޯޓީޓީ ފިލްމް "ޖާނެ ޖާން" ގެ ޓްރެއިލާ ދައްކާލައިފިއެވެ.  "ޖާނެ ޖާން"ގެ ލީޑު ރޯލުތަކުން ކަރީނާ އާއި އެކުގައި ފެނިގެން ދާނީ ވިޖޭ ވަރުމާ އާއި ޖައިދީޕް އަލާވަތު އެވެ.

ކަރީނާ އޯޓީޓީ އަށް ތައާރަފްވާ ފިލްމަކީ ނެޓްފްލިކްސް އިން ގެނެސްދިނުމަށް ނިންމައިފައިވާ ފިލްމެކެވެ. މީގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ކަރީނާ އާއި އޭނާގެ ޓީމުން އަންނަނީ މި ފިލްމުގެ ޕްރޮމޯޝަން ތަށް ކުރިއަށް ގެންދަމުންނެވެ.

މިމަހު ފަހުކޮޅު މި ފިލްމު ސްޓްރީމިން އަށް ދޫކޮށްލަން ވަނީ ނިންމާފަ އެވެ. "ޖާނެ ޖާން" ޑައިރެކްޓުކުރަނީ "ކަހާނީ" އާއި "ބަދުލާ" ކަހަލަ މޮޅު ފިލްމުތައް ޑައިރެކްޓުކުރި ސުޖޯއީ ގޯޝް އެވެ.

View this post on Instagram

 

A post shared by Netflix India (@netflix_in)

"ޖާނޭ ޖާ" އަކީ ސިނަމާތަކަށް ނުގެނެސް، ޑިޖިޓަލްކޮށް ޕްރީމިއާކުރާ ކަރީނާގެ ފުރަތަމަ ފިލްމެވެ. އެގޮތުން ބެލުންތެރިންނަށް ފިލްމު ދޫކޮށްލަން ހަމަޖެހިފައި ވަނީ މި މަހުގެ 21 ގައި ފާހަގަކުރާ އޭނަގެ އުފަން ދުވަހާ ދިމާކޮށް ނެޓްފްލިކްސްއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.