"ޗަންދުރަމުކީ 2″ އަށް އައު ތާރީހެއް، ރިލީޒް ކުރާނީ މި މަހުގެ 15 ގައި

"ޗަންދުރަމުކީ 2″ އަށް އައު ތާރީހެއް، ރިލީޒް ކުރާނީ މި މަހުގެ 15 ގައި

ބަތަލާ ކަންގަނާ ރަނާވަތު މުހިއްމު ރޯލެއް ކުޅެފައިވާ ތަމަޅަ ހޮރޯ-ކޮމެޑީ "ޗަންދުރަމުކީ 2″ ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފިއެވެ.

މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައި އޮތީ މިމަހުގެ 19 ވަނަ ދުވަހަށެވެ. ނަމަވެސް އެ ފިލްމް ރިލީޒް ކުރުމަށް މިހާރު ތާވަލު ކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހަށެވެ. އެކަން ކަށަވަރު ކޯށްދިފައިވަނީ މިހަފްތާގައި ދޫކޮށްލި ޓްރެއިލާއިންނެވެ.

މި ފިލްމް ގައި ކަންގަނާ ފެނިގެންދާނީ ޖިންނި އަވަލައިފައިވާ މީހެއްގެ ރޯލުންނެވެ. މި ފިލްމް އަކީ  ހޮރޯ-ކޮމެޑީއެކެވެ. ފިލްމް އަކީ އުންމީދީ ފިލްމްއެކެވެ. ސަބަބަކި ކަންގަނާ އާއި އެކުގައި ފިލްމް ގެ ލީޑޫން ފެނިގެންދަނީ ރަގަވާ ލޯރެންސްއެވެ.

ރާގަވް ލޮރެންސް އަކީ ދެހާސް ވިހީގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ "ލަކްޝްމީ" ޑައިރެކްޓްކުރި ތަމަޅަ އެކްޓަރު ވެސްމެއެވެ. މިހާރު އެންމެ ކާމިޔާބު ކަމަށް ފާހަގަ ކުރެވެނީ ސައުތު އަދި އިންޑިއާގެ ބަތަލުން ގުޅިގެން ކުރިއަށްގެންދާ ފިލްމް ތަށް ކަން ފާހަގަ ކޮށްލެވެއެވެ.

"ޗަންދުރަމުކީ 2″ އިން ފެނިގެންދަނީ ކަންގަނާ ފިޔަވާ މުޅިންވެސް ސައުތުގެ ތަރިންނެވެ. ކާސްޓުގައި މަހިމާ ނަމްބިއާ، ލަކްޝްމީ މެނޮން، ރާދިކާ ސަރަތްކުމާރު، ސުބިކްޝާ، ރަވީ މާރިއާ، ޓީއެމް ކާތިކް ސްރީނިވާސަން އަދި ""ޗަންދުރަމުކީ" ގައި ވެސް މުހިންމު ރޯލެއް ކުލެފައިވާ އެކްޓަރު ވިދިވިލޫއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *