ދަނޑުމަތީގެ ނަމަކީ ޓޫކިލޯއެވެ. އއ. ތޮއްޑޫއަށް އުފަން މުހުތާރު ނަސީރަށް އެ ނަން ދިނީ ވެލެންސިއާގައި ހޭދަކުރި ދުވަސްވަރު، އޭރު ޓީމުގެ ކޯޗު ލާޒްލޯ ކިސްއެވެ. އޭނާގެ ހަލުވި ކުޅުމާއި، މޮޅު ކޮއްޓުންތަކަކީ ގަލޮޅު ދަނޑުމަތިން ފެނުނު ހާއްސަ ހުނަރެކެވެ. ހާއްސަކޮށް ދިވެހިން ފުޓުބޯޅައިގައި ހޯދި އެންމެ ފުރިހަމަ ކާމިޔާބީ، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި "އެއައް ބޮޑު އިންޑިއާ ކޮޅަށް" ޖެހި ރަން ގޯލްގެ ބާނީއަކީ އޭނައެވެ.
ޓޫކިލޯ ފުޓުބޯޅަ ކުޅުން ހުއްޓާލި ނަމަވެސް ޤައުމީ އެކި ކަންކަމުގައި އިސްކޮށް އުޅޭތަން ފެނެއެވެ. ޓޫކިލޯ މިފަހަރު ނިކުތީ ސަރުކާރު ކަމުނުގޮސް އެތައް ގޯހެއް ހަދާފައިވަނީ މިސަރުކާރު ބަދަލު ކުރުމަށެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މިއަދު ތޮއްޑޫއަށް ވަޑައިގެންނެވިއިރު ޕީޕީއެމްގެ ޓީޝާޓުގައި އެންމެ ކުރީ ސަފުގައި ނަގާކިޔަން ހުރީ ޓޫކިލޯއެވެ. އޭނާ ހުރީ ވަރަށް ޖޯޝުގައެވެ. ތަކުރާރުކޮށް ބުނަމުން ދިޔައީ މިސަރުކާރު ބަދަލުކޮށް ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ބޭނުންވާ ކަމަށެވެ. އެކަން ކުރެވޭނީ ޑރ.މުއިއްޒަށް ކަމަށް އޭނާ ދިޔައީ ބުނަމުންނެވެ.
ރަން ގޯލު ޖެހި ކުޅުންތެރިޔާ ވެސް ބުނަނީ ޗޯރު އިބުރާހީމް ނޫން ގޮތެއް ބޭނުންވާ ކަމަށް.#Vote4MuizzuSembe#DhiveheengeRaajje #FreePresidentYameenNow pic.twitter.com/3v4vJ9tek7
— Firaash (@Phiraash) September 5, 2023
ޓުކިލޯ ބުނީ ތޮއްޑޫގެ ރައްޔިތުން ތިބީ މިސަރުކާރަށް ދެވަނަ ދައުރެއް ދޭ ގޮތަކަށް ނޫންކަމަށެވެ. މިސަރުކާރުން ތޮއްޑޫއަށް ވީވައުދުތައް ނުފުއްދުނުއިރު ހެދީ ހުސް ދޮގުކަމަށް އޭނާ ވަނީ ބުނެފައެވެ. މިއަދު ޑރ.މުއިއްޒު ތޮއްޑޫއަށް ވަޑައިގަތުމުން އެރަށުން ވަނީ ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. މުއިއްޒު ވަނީ ތޮއްޑުއަކީ ދަނޑުވެރި ރަށަކަށްވުމުން ތޮއްޑޫގެ ދަނޑުވެރިން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.