"ޖެއިލާ" އެމެޒޯން ޕްރައިމްއިން ޕްރިމިއާ ކުރާނީ މި މަހުގެ 7 ގައި

"ޖެއިލާ" އެމެޒޯން ޕްރައިމްއިން ޕްރިމިއާ ކުރާނީ މި މަހުގެ 7 ގައި

Author
ހުސެއިން
05 ސެޕްޓެމްބަރ 2023 04:39
0

ސައުތުގެ މަޝްހޫރު އެކްޓަރު ރަޖްނީކާންތުގެ ފިލްމު "ޖެއިލާ" މި މަހުގެ 7 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލަން ނިންމައިފި އެވެ.

މި ފިލްމް އަކީ އޭނަގެ ސިގްނޭޗާލާ ސްޓައިލްގެ އެކްޝަން ފިލްމްއެކެވެ. ރަޖްނީކާންތުގެ ފިލްމެއް ސިނަމާއަށް މިއައީ ދެ އަހަރަށް ފަހު އެވެ. މިއީ ހަމަ އޭނާގެ ސްޓައިލްގެ ވަރުގަދަ ތަޅާފޮޅާ މަންޒަރުތައް ހިމެނޭ ފިލްމެކެވެ.

މިދިޔަ މަހުގެ 10 ގައި ސިނަމާތަކަށް ގެނައި މި ފިލްމަކީ ނެލްސަން ދިލިޕްކުމާރު ޑައިރެކްޓްކުރި އެކްޝަން ކޮމެޑީއެކެވެ. ޖުމްލަ 240 ކްރޯޑް ރުޕީސް (29 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ޖެއިލާ" އަށް ބޮކްސް އޮފީހުގައި މިހާތަނަށް 602 ކްރޯޑް ރުޕީސް (73 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.

 

View this post on Instagram

 

A post shared by prime video IN (@primevideoin)

 

މި ފިލްމުގެ ކާސްޓްގައި ތަމަންނާ ބާޓިއާ، ޖެކީ ޝްރޮފް، ރާމިއާ ކްރިޝްނަން، ވިނާޔަކަން އަދި ވަސަންތު ރަވީ ފަދަ ތަރިން ހިމެނެ އެވެ. "ޖެއިލާ" ގެ ލަވަތަކުގެ ތެރެއިން ތަމަންނާ ކެޗީ ޑާންސްތަކެއް ފެންނަ "ކާވާލާ" އަކީ ފިލްމު ރިލީޒްކުރުމުގެ ކުރިން ވަރަށް ބޮޑަށް ޓްރެންޑްވި ލަވައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.