މަތިވެރީ އެމްޑީޕީގެ އިސް ދެބޭފުޅަކާއި، ޒުވާން ކަނބަލުންތަކެއް މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއަށް!

މަތިވެރީ އެމްޑީޕީގެ އިސް ދެބޭފުޅަކާއި، ޒުވާން ކަނބަލުންތަކެއް މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
05 ސެޕްޓެމްބަރ 2023 12:10
0

އއ.މަތިވެރީ އެމްޑީޕީގައި އިސްކޮސް ހަރަކާތްތެރިވާ ދެ ބޭފުޅަކު އެޕާޓީން ވަކިވެ ޕީޕީއެމްއާއި ގުޅިއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް ޑރ.މުއިއްޒު މިއަދު މަތިވެރިއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުޚަބާއެއް މުއިއްޒުއަށް ދަންނަވާފައެވެ. މުއިއްޒު ވަޑައިގެންނެވި ވަގުތުގު އެރަށު އެމްޑީޕީގެ ބަޔަކު މުއިއްޒުއަށް ހަމަލާދޭން އުޅުނު ނަމަވެސް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މިއަދު މަތިވެރީގައި އޮތް ޖަލްސާގައި މަތިވެރީ އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ އިބްރާހިމް ސާލިމް އަދި، ޝާހިރު ވަނީ މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅިފައެވެ. މީގެ އިތުރުން ޒުވާން ކަނބަލުންތަކެއްވެސް ވަނީ ޕީޕީއެމްއައި ގުޅިފައެވެ.

ރިޔާސީ ކެމްޕޭނަށް މުއިއްޒު ވަޑައިގަންނަވާ ކޮންމެ ރަށަކުން ގިނަ އަދަދެއްގެ ބަޔަކު ދަނީ މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.