އެމްއާރުއެމްގެ ސްލޮޓްގައި ވަޒީރުކަމުގައި ހުންނެވި ޑރ.އިބްރާހީމް ޙަސަން ރައީސްގެ ކެމްޕެއިންގައި

އެމްއާރުއެމްގެ ސްލޮޓްގައި ވަޒީރުކަމުގައި ހުންނެވި ޑރ.އިބްރާހީމް ޙަސަން ރައީސްގެ ކެމްޕެއިންގައި

Author
އައިޝަތު އަޙްމަދު
05 ސެޕްޓެމްބަރ 2023 11:53
0

ރައީސް މައުމޫންގެ މޯލްޑިވްސް ރިޕޯމް މޫވްމަންޓު، އެމްއާރުއެމްގެ ސްލޯޓެއްގައި މިސަރުކާރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ޑރ.އިބްރާހީމް ޙަސަން އެމްޑީޕީގެ ކެމްޕެއިނާ ގުޅިވަޑައިގެންފިއެވެ.

ރައީސް މައުމޫންގެ އަރިސް ބޭފުޅެެއްގެ ގޮތުގައި އަދި މިސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުކަމުގައި ހުންނެވި ޑރ.އިބްރާހީމް ޙަސަން މީގެ ކުރިން ވަކި ކެންޑިޑޭޓަކަށް ތާޢީދުކުަރއްވާކަން ހާމަކުރައްވާފައެއް ނުވެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްއާރުއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވައެވެ. ނަމަވެސް ފާރިސްއަށް ތާއީދު ނުކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙްގެ ކެމްޕެއިނާ ގުޅިވަޑައިގެން ޑރ.އިބްރާހީމް ޙަސަން ވަނީ ރައީސްގެ އަރިހުގައި ރ.އަތޮޅަށް ކެމްޕެއިނަށް ވަޑައިގެންފައެވެ. ރައީސް މާކުރަތުގައި ބޭއްވި ކެމްޕެއިން ޖަލްސާގެ އެންމެ ކުރީ ސަފުގައިވެސް މިނިސްޓަރ އިބްރާހީމް ޙަސަން އިންނެވިއެވެ.

ޑރ.އިބްރާހީމް ޙަސަން ރައީސް ޞާލިޙަށް ތާޢީދުކުރައްވާ ކެމްޕެއިނަށް ވަޑައިގެންފައިވާއިރު، މިސަރުކާރުގައި އެމްއާރުއެމްގެ ސްލޮޓްގައި ހެރިޓޭޖް މިނިސްޓަރުކަމުގައި ހުންނެވި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންވެސް ވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދުކުރައްވާކަން ހާމަކުރައްވާފައެވެ. އަދި ރައީސް ޞާލިޙަށް ކެމްޕެއިން ކުރައްވަމުން ގެނަދަވައެވެ.

ޑރ.އިބްރާހީމް ޙަސަން އަކީ އެމްއާރުއެމްގެ ބާނީއެވެ. އެޕާޓީ އުފެއްދެވީ އެމަނިކުފާނުގެ ނަންފުޅުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.