އެތައް ދުވަހަކަށްފަހު އަލުން ޕީޕީއެމް/ޕީއެންސީގެ ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ބައްދަލުވެ ޢާންމު މެމްބަރުން ދެއްވި ހިތްވަރަށް ކެތްނުކުރެވި ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުންގެ ހިތްދަތި އިހުސާސްތައް ބަންޑު ކޮށްލައިފިއެވެ.
ރިޔާސީ ކެމްޕޭންގައި ޑރ.މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމް/ޕީއެންސީގެ ޢާންމު މެމްބަރުންނާއި ބައްދަލު ކޮށްލުމަށް މެޑަމް ފާތުން ގެއިން ހެންހޭރުކޮޅު ކާނިވާ ސަރަހައްދުގައި ހުރި ސްކައިވިއު ތިރީގައި ގާއިމްކޮށްފައިވާ ދިވެހީންގެ ޖަގަހަށް ވަޑައިގެންނެވީ ހިންގަވާފައެވެ. މެޑަމް ވަޑައިގެންނެވީ ހިންގަވާފައި ގިނަ އަދަދެއްގެ ޢާންމެ މެމްބަރުންނާއިއެކު ގައެވެ. އެވަގުތު ވާރޭ ވެހުނު ނަމަވެސް މެޑަމް ވަނީ ޖަގަހަށް ވަޑައިގެންފައެވެ.
ޖަގަހަށް ވަޑައިގެން ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ޢާންމު މެމްބަރުން ދެއްވި ހިތްވަރާއި ދެކެވި ވާހަތަކުން މެޑަމް ފާތުންއަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ޚާއްސަކޮށް ފިރިކަލުންނަށް ނުހައްގުން ޖަލުގައި ދެމުންދާ އަނިޔާތަކުގެ ވާހަތައް ކަންފަތުގަިއ ޖެހުމާއިއެކު މެޑަމްގެ ކަރުނަ ދިޔައީ ފަޅައިގެންނެވެ. ކައިރީގައި ތިއްބެވި ގިނަ އަދަދެއްގެ އަންހެން ކަނބަލުން ވަނީ މެޑަމްއަށް ހިތްވަރު ދެއްވައި މެޑަމްއާއި އެކު ތިބިކަން ހާމަކޮށްފައެވެ.
މިސަރުކާރުގެ ފާއިތުމިވާ 5 އަހަރު ރައީސް ޔާމީން ގެންދަވަނީ ޖަލުގައި އެކި ހުކުމްތައް ތަންފީޒު ކުރައްވަމުންނެވެ. އެމަނިކުފާނަށް ކޮށްފައިވާ ހުކުމަކީ ނުހައްގުން ކޮށްފައިވާ ހުކުމެއްކަމަށް ތަކުރާރުކޮށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ވަނީ ބުނެފައެވެ. މެޑަމް ފާތުން ދައްކަވަމުންދާ ސާބިތުކަމާއި ހިތްވަރަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ސެލިއުޓް އަރުވާފައެވެ.

މިބައްދަލުވުމުގައި ބައިވެރިވި ލީޑާޝިޕްގެ ބޭފުޅުން ވަނީ މެޑަމް ފެނިލުމަކީ ލިބިގެންދިޔަ ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު ދުވަހު ޑރ،މުއިއްޒު އިންތިޚާބު ކޮށް ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތް 6 ގުނަ ބާރުކޮށް އާ ހިތްވަރަކާއިއެކު މަސައްކަތް ކުރާނެކަމަށް ލީޑަރޝިޕްގެ ބޭފުޅުން ވަނީ ބުނެފައެވެ.
މެޑަމްއާއި ސަލާންކޮށް ހިތްވަރު ދިނުމަށް އެތައް ސަތޭކަ ބަޔަކު މިރޭ ވަނީ ބޮޑު ތަކުރުފާނު މަގަށް އެއްވެފައެވެ.
ކޮމެންޓު ފޮނުވާ