ޑރ. މުއިއްޒުގެ ތަސައްވަރު ބަލައިގެނަ މާލޭ ރައްޔިތުން ތިބީ އެއްބުރުން މިކަން ނިންމަން: ޝިޔާމް

ޑރ. މުއިއްޒުގެ ތަސައްވަރު ބަލައިގެނަ މާލޭ ރައްޔިތުން ތިބީ އެއްބުރުން މިކަން ނިންމަން: ޝިޔާމް

ޑރ. މުއިއްޒުގެ ތަސައްވަރު މާލޭގެ ގޯޅިތަކާއި ގޭގޭގެ ސިންޓިން ރޫމްތަކާއި ހަމައަށް ގެންގޮސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދޭނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު ވޯޓުލާއިރު މާލެ ސަރަހައްދަކީ އެންމެ ގިނަ އަދަދަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ދިރިއުޅޭ ތަނެވެ. އަދި މާލޭގެ ރައްޔިތުންނަކީ މިއިންތިޚާބުގައި އެންމެ ގިނަ އަދަދަކަށް ވޯޓުލާ މީހުންނެވެ. މާލޭގައި ވޯޓު ލެވޭ 54،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

މާލޭގެ ރައްޔިތުންގެ ވޯޓު ކަށަވަރު ކުރުމަށް ޑރ.މުއިއްޒުގެ ފަރާތްޕުޅުން ގެންދަވަނީ ގޭގެއަށް ވަޑައިގެން ރައްޔިތުންނާއި ގާތުން ބައްދަލު ކުރަމުންނެވެ. މިމަސައްކަތަކީ މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އިންތިޚާބުވުމުގެ ކުރިންނާއި އިންތިޚާބަށްފަހު ވެސް ކުރައްވަމުން ދިޔަ މަސައްކަތެކެވެ. މިހާރުވެސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން ގެންދަވަނީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ރައްޔިތުންނާއި ބައްދަލު ކުރައްވަމުންނެވެ.

ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މާލޭ ރައްޔިތުންގެ ފަރާތުން ލިބެނީ ވަރަށް އުންމީދީ މެސެޖުތަކެއް ކަމަށެވެ. ރައްޔިތުން ތިބީ ޑރ. މުއިއްޒު ހުސަހަޅުއްވާފައިވާ ކަންކަން ހަގީގަތަކަށް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީން ކަމާއިއެކުގައެވެ.

ޑރ. މުއިއްޒުގެ ތަސައްވަރު މާލޭގެ ގޯޅިތަކާއި ގޭގޭގެ ސިންޓިން ރޫމްތަކަށް. ރައްޔިތުން އެދޭ އަމާޒަށް ވާސިލް ވުމަށް ރައްޔިތުން ތިބީ ޑރ. މުއިއްޒަށް ވޯޓު ދޭން ކެތް މަދުވެފަ. މިކަން އެބަނިމޭ ފުރަތަމަ ބުރުން.

– ޝިޔާމް ވިދާޅުވިއެވެ.

މާލޭގެ މޭޔަރަކަށް ޑރ. މުއިއްޒު ވަޑައިިގެންނެވީވެސް މާލޭ ރައްޔިތުންގެ ބޮޑު ޢައުލަބިއްޔަތަކާއި އެކުގައެވެ. އަދި މިއިންތިޚާބަކީ އެއަށްވުރެ މަބޮޑު އައުލަބިއްޔަތަކާއިއެކު މުއިއްޒު އިންތިޚާބު ކާމިޔާބުކޮށް މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލު ގެންނާނެ ފަހަރުކަމަށް މާލޭގެ ރައްޔިތުން ގަބޫލު ކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ވަނދު މިއީޒުއަށް މާލޭގެ މޭޔަރުކަން ދިނުމުންވީ ވައުދުތަށްވެސް ނުފުއްދުނު ވަރަށް ވަރަށް ސާފްް

Leave a Reply

Your email address will not be published. Required fields are marked *