ގުރައިދޫ ރައްޔިތުންގެ އުންމީދު ކަމުގައިވާ އެއާޕޯޓް ހަގީގަތަކަށް ހަދައިދޭނަން: މުއިއްޒު

ގުރައިދޫ ރައްޔިތުންގެ އުންމީދު ކަމުގައިވާ އެއާޕޯޓް ހަގީގަތަކަށް ހަދައިދޭނަން: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
03 ސެޕްޓެމްބަރ 2023 07:55
0

ތ.ގުރައިދޫ ރައްޔިތުންގެ އެންމެ ބޮޑު އުންމީދު ކަމުގައިވާ އެރަށުގެ އެއާޕޯޓް ތަރައްޤީކޮށް ހަގީގީ ކުލަ ޖައްސާދޭނެ ކަމުގެ ޔަގީންކަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ދެއްވައިިފިއެވެ.

ރިޔާސީ ކެމްޕޭންގައި ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި އަތޮޅުގެ މިރަށަށް އެންމެ މުހިންމީ އެއާޕޯޓެއް ކަމަށް ވިދާޅުވެ މުއިއްޒު ވަނީ އެއާޕޯޓެއް އެޅުމަށް ހިއްކަން ޖެހޭ ބިން ހިއްކުމުގެ މަޝްރޫޢު ވެސް ފައްޓަވާ ދެއްވާނެކަމަށް ވައުދުވެފައެވެ.

އަޅުގަނޑު ވެރިކަމަށް އައިސް އެންމެ ފުރަތަމަ ވެސް ގެންނާނީ ރައީސް ޔާމީންގެ ޒަޢާމަތުގައި ގުރައިދޫ އަށް ގެނެސްދީފައިވާ ތަރައްޤީ. ވޭތުވެގެން ދިޔަ ފަސް އަހަރު އެއްވެސް ކަމެއް މި ސަރުކާރަށް ކޮށްދެއްވިފައި ނުވޭ. މިރަށުގެ އެއާޕޯޓް އެޅުމަށް ހިއްކަން ޖެހޭ ބިން ހިއްކުމުގެ މަޝްރޫޢު ވެސް ފައްޓަވާނަން.

– މުއިއްޒު ވިދާޅުވިއެވެ.

މިރަށަށް ގެނެސްދޭންޖެހޭ ތަރައްޤީ ގެނެސްދޭ އިރު ދެން އެންމެ އިސްކަމެެއް ދޭނީ މިރަށުގެ މަގުތައް ހެދުންކަމަށް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ. މިރަށުގެ މަގުތަކުގައި ތާރު އަޅުއްވައި ދެއްވާނެކަމަށް ރައީސް ޞާލިހް ވިދާޅުވި ނަމަވެސް އެ ވައުދުވެސް ފުއްދާދެއްވާފައި ނުވާކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވަނީ ގުރައިދޫ އަކީވެސް ކުރިއަށް އޮތް އިންތިޚާބުގައި އެއްބުރުނން އިންތިޚާބު ކާމިޔާބު ކުރުމަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެ އަދި ގުރައިދޫގެ މެޖޯރިޓީ ލިބިގެންދާނެ ރަށަކަށް ހަދާދޭނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.