މިއަންނަނީ މަޝްރޫޢުތައް ހުއްޓާލާކަށްނޫން، ހުއްޓިފައިވާ މަޝްރޫޢުތައް ފައްޓައި ތަރައްޤީ ކޮށްދޭން: މުއިއްޒު

މިއަންނަނީ މަޝްރޫޢުތައް ހުއްޓާލާކަށްނޫން، ހުއްޓިފައިވާ މަޝްރޫޢުތައް ފައްޓައި ތަރައްޤީ ކޮށްދޭން: މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
03 ސެޕްޓެމްބަރ 2023 12:59
0

ވެރިކަމަށް އަންނަނީ ރާއްޖޭގައި ފަށާފައިވާ މަޝްރޫޢުތައް ހުއްޓާލާކަށްނޫން ކަމަށާއި، ހުއްޓިފައިވާ މަޝްރޫޢުތައް ފައްޓައި މުޅި ރާއްޖެ ތަރައްޤީކޮށްދޭން ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންފައި ތ.ހިރިލަންދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން އިންތިޚާބުން ބަލިވެއްޖެނަމަ ސަރުކަރުން ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް ހުއްޓާލާނެކަމަށް ބުނެ ވާހަކަ ދައްކަމުން ދާކަމަށެވެ. މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައި ގަންނަވަނީ ޤައުމުގައި ހުރި މައްސަތައް ހައްލުކޮސް ތަރައްޤީ ގެނެސް ދޭން ކަމަށެވެ.

އެއްވެސް ރަށެއްގައި ފަށާފައިވާ މަޝްރޫޢުތައް ހުއްޓާލައި ތަރައްޤީ ފަހަތަށް ދިޔަ ނުދެއްވާނެކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ. އަދި މިހާރުވެސް ހުއްޓިފައިވާ އެތައް މަޝްރޫޢެއް ފައްޓައި ތަރައްޤީގެ އާ އުސްމިންތަކަށް ގެންގޮސް ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ހިރިލަންދޫއަށް ވެވަޑައިގެންނެވި ވައުދުތައް:

– ހިރިލަންދޫ ބިން ހިއްކައި ބޮޑު މަޝްރޫއެއް ހިންގާނަން
– ގެދޮރުވެރިކަން ޔަގީންކޮށްދޭނަން
– ބަނދަރު ތަރައްޤީ ކޮށްދޭނަން
– މަސްކިރުމަށް ކޯލްސްޓޯރޭޖެއް ގާއިމް ކޮށްދޭނަން
– މަގުތައް ޒަމާނީ ފެންވަރަކަށް ހަދާދޭނަން

މުއިއްޒު ވިދާޅުވީ މިއިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހިރިލަންދޫ ރައްޔިތުންގެ އެއްބާރުލުން ލިބި ހިރިލަންދޫގެ ސާފު މެޖޯރިޓީ ލިބޭނެކަމަށް އުންމީދު ކުރާކަމަށެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ބަލާއިރުވެސް މިއިންތިޚާބުގައި ސަރުކާރަށް މެޖޯރިޓީ ލިބޭނެ އެއްވެސް ރަށެއް ނެތްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.